މާލެ ތޮއްޖެހުމަށް ހައްލު އައުމަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ މީހަކު ރުހޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 7000 ފުލެޓްގެ ބަހުސް ގަދަވެ މާލެ ތޮއްޖެހުމާއި މާލޭގެ ކުލީގެ އަގު ކުޑަ ކުރުމުގެ ވާހަކަ ބައެއް ފަރާތްތަކުން ދައްކަމުންދާ މި ދަނޑިވަޅުގައި ޖުމުހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ތޮއްޖެހުމަށް ހައްލު އައުމަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ އެއްވެސް މީހަކު ހިތުން ރުހުމުން ބޭނުންވާނެ ކަމެއް ނޫންކަމަށެވެ.
"އެއްވެސް އިންސާނަކު ތިމާއަށް ލިބެން އޮތް މަންފާ އެެއް ފިލައިދިޔުމަކަށް ނޭދޭނެ، ނަތީޖާ އަކީ ނިކަމެތިން އިތުރަށް ބިކަވެ ބޯހިޔާވަހިކަމަށް ތަޅާފޮޅުމަށް މަޖުބޫރުވުން" މާލޭގެ ގެދޮރުގެ ކުލި ބޮޑުވެގެން ގެދޮރު ކުއްޔަށްދޭ މީހުންނާ ދެކޮޅަށް މީޑިއާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އަލީ ހުސެއިން ވިދާޅުވިއެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 7000 ފުލެޓް އޭގެ ހައްގުވެރިންނަށް ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު ސަރުކާރުން ބުނަނީ އެ ފުލެޓްތަކަކީ ގިނަ ބަޔަކު ދިރިއުޅޭ ހެއުވާވަރުގެ ތަނެއް ނޫން ކަމަށެވެ. ފުލެޓްތަކަށް ވަންނަ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން އެތަން ހަދާފައި ހުރި ގޮތް ކަމު ނުގޮސްގެންނާއި ޖާގައިގެ ދަތިކަމުން އެތަނުން ނުކުންނާނެ ކަމަަށް ރައީސް ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ.
މިކަމާ ދެކޮޅަށް ވަކާތުކުރާ މީހުން ބުނަނީ މާލޭގައި ދަތި ހާލުގައި ދިރިއުޅުމަށްވުރެ އެތަނުގައި ދިރިއުޅެން ފަސޭހަ ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު