އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ ސާމާނު ސަރުކާރުން އެރަށަށް ގެންގޮސްފިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ މެޝިންތަކާއި އެހެނިހެން ސާމާނު ސަރުކާރުން އެރަށަށް ގެނެސްފައިވާ ކަމަށެވެ.
އެ ތަކެތި އިންސްޓޯލްކުރަން އެސްޓީއޯގެ އިންޖިނިއަރުންގެ ޓީމެއް މާދަމާ އެ ރަށަށްދާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.
އުގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ މެޝިންތައް އިންސްޓޯލްކޮށް ނިމުމުން އެ އެތަނުން މިހާރު ލިބެމުން އަންނަ ހިދުމަތްތަކަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. ދެތިން އަހަރުގެ ތެރޭގައި އުނގޫފާރު ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް މުޅިން ނިންމުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. އެހެން ނަމަވެސް ކޯވިޑް-19 އާ ހެދި އެ މުއްދަތު އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ރަސްމީކޮށް އެތަން ހުޅުވަން ނިންމާފައިވަނީ އެކަމަށް ބޭނުންވާ ހުރިހާ މެޝިނަރީޒް އިންސްޓޯލްކޮށް ނިންމުމަށް ފަހުގައި ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ތެރޭގައި ރ. އުނގޫފާރު ސަރަހައްދީ ހޮސްޕިޓަލް ވެސް ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ

ރާއްޖޭގެ ސަރަހައްދީ 5 ހޮސްޕިޓަލް ޓާރސިެަރީ ފެންވަރަށް ތަރައްޤީކުރުމަށް ރައީސް @ibusolih ވެވެޑައިގެނެވި ވައުދުފުޅު ފުރިހަމަކުރުމަށް ބޭނުންވާ މެޑިކަލް މެސިނަރީސް އުނގޫފާރަށް ގެނެސްފި @ameenex @anuahsa pic.twitter.com/ylF2yjIQ9n
— Ungoofaaru Regional Hospital (@urh_mv) June 23, 2020
އުގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ މެޝިންތައް އިންސްޓޯލްކޮށް ނިމުމުން އެ އެތަނުން މިހާރު ލިބެމުން އަންނަ ހިދުމަތްތަކަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. ދެތިން އަހަރުގެ ތެރޭގައި އުނގޫފާރު ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް މުޅިން ނިންމުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. އެހެން ނަމަވެސް ކޯވިޑް-19 އާ ހެދި އެ މުއްދަތު އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ރަސްމީކޮށް އެތަން ހުޅުވަން ނިންމާފައިވަނީ އެކަމަށް ބޭނުންވާ ހުރިހާ މެޝިނަރީޒް އިންސްޓޯލްކޮށް ނިންމުމަށް ފަހުގައި ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ތެރޭގައި ރ. އުނގޫފާރު ސަރަހައްދީ ހޮސްޕިޓަލް ވެސް ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ
ކިޔުންތެރިންގެ ހިޔާލު