ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ ގާނޫނާއި ގުޅޭ ބުކްލެޓެއް ރައީސް ނަޝީދު ނެރެދެއްވަނީ
ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ ގާނޫނާއި ގުޅޭ ބުކްލެޓެއް ރައީސް ނަޝީދު ނެރެދެއްވަނީ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަކި މެންބަރުންތަކެއް ޕްރޮމޯޓުކުރާ ކަމަށް ރައްޔިތުން މަޖިލިހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ މަޖިލިހުގެ އިދާރާއިން ފުލުހުންގެ ޤާނޫނާ ގުޅޭ ގޮތުން ނެރުނު ޚާއްޞަ ބުކްލެޓާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އިއްޔެ މަޖިލިހުގައި އޮތް ހަފުލާއެއްގައި މިބުކްލެޓު ނެރެދެއްވީ ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މިބުކްލެޓު ނެރުމުގެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވީ ރައްޔިތުން މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މެންބަރުންނެވެ. 

ބުކްލެޓަށް އިޝާރާތްކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި މެންބަރު ޝަރީފު ވިދާޅުވީ ބުކްލެޓެއް ތައްޔާރުކޮށް މަޖިލިހުގެ އިދާރާއިން ނެރޭ ކަމުގައިވާނަމަ، އެބުކްލެޓުގައި މަޖިލިހުގެ ހުރިހާ މެންބަރުންގެ ވާހަކަތައްވެސް ހިމެނެންޖެހޭނެ ކަމަށެވެ.

"ވަކި މެމްބަރުންގެ ވަކި ވާހަކަ އެއް މަޖިލިސް އިދާރާއިން ޕްރޮމޯޓް ކުރައްވަން ބުކްލެޓް ނެރުއްވުމަކީ ވަރަށް ލަދުވެތި ކަމެއް." ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ބުކްލެޓުގައި އެކުލެވެނީ ކޮން ކަމެއްކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް މަޖިލީހުގައި މިހާރު އޮތް ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ މަސައްކަތާ ގުޅޭ ޚާއްޞަ ލީފްލެޓެއް ކުއްލި ގޮތަކަށް މަޖިލީހުގެ އިދާރާ އިން ނެރެފައި މިވަނީ ފުލުހުންނާއި ގުޅޭގޮތުން އެމްޑީޕީގެ މަޖިލިސް މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން މެމްބަރުންނަށް ފާޑުވިދާޅުވެ ރައީސް ސޯލިހް ސަލާމަތީ ބާރުތަކުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ވިދާޅުވެފައިވަނީ ފުލުހުންގެ އަގުވެއްޓޭ ގޮތަށް މެމްބަރުން ވާހަކަ ދައްކަވަނީ އިސްލާހުކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން