ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކުގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.
"ހުސް ވާހަކަ، ރިސޯޓާ ކައިރި ރަށްރަށުގެ މީހުންނަށް ވަޒީފާ ލިބޭނެ އުސޫލުތަކެއް އެކުލަވާލައި ޕޮޓެންޝިއަލް ( ހުނަރުވެރި، ގާބިލް ) މީހުން ތަމްރީންކޮށް، އެމީހުން ބާރުވެރި ކުރައްވާ." އާދަމް ޝަރީފް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިން އިތުރު ކުރުމުގެ މަސައްކަތް ކުރެވިގެންދާނީ ފިޔަވަހިތަކެއްގެ ތެރެއިންކަމަށާއި އަމާޒަކީ މިއަހަރުގެ ތެރޭގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް 51 އިންސައްތައަށް އެރުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދެން އޮތް އަމާޒަކީ އަންނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަސް އަންނަން ވާއިރަށް 55 އިންސައްތަައަށްވުރެ މައްޗަށް ދިވެހިންގެ ނިސްބަތް ޖައްސައި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިން އިތުރު ކުރުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިހާރު އެކަމުގައި އަމަލު ކުރަމުން ދަނީ 2012 ވަނަ އަހަރު ނެރެފައިވާ ސާކިއުލާއަކަށެވެ. އެއީ ދިވެހިން 45 އިންސައްތަ އަދި ބިދޭސީ މުވައްޒަފުންގެ ނިސްބަތް 55 އިންސައްތައިގައި ރިސޯޓްތަކުގައި ތިބޭ ގޮތަށް ތައްޔާރުކޮށްފައި އޮތް ސާކިއުލާއެކެވެ.

Fathuruverikamuge dhaairaagai Dhivehinge adhadhu ithurukuran gina masakkaiythakeh kuranjehey. Mikamah harudhanaa siyaasatheh neiy. Hus vaahaka! Resort aa kairi rahrashuge meehunnah vazeefaa libeyne usoolthah ekulavaalai, potential meehun thamreenkoh, emeehun baaruveri kuravvaa!
— Adam Shareef Umar (@Adamshareefz) June 24, 2020
ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިން އިތުރު ކުރުމުގެ މަސައްކަތް ކުރެވިގެންދާނީ ފިޔަވަހިތަކެއްގެ ތެރެއިންކަމަށާއި އަމާޒަކީ މިއަހަރުގެ ތެރޭގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް 51 އިންސައްތައަށް އެރުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ދެން އޮތް އަމާޒަކީ އަންނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަސް އަންނަން ވާއިރަށް 55 އިންސައްތަައަށްވުރެ މައްޗަށް ދިވެހިންގެ ނިސްބަތް ޖައްސައި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިން އިތުރު ކުރުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިހާރު އެކަމުގައި އަމަލު ކުރަމުން ދަނީ 2012 ވަނަ އަހަރު ނެރެފައިވާ ސާކިއުލާއަކަށެވެ. އެއީ ދިވެހިން 45 އިންސައްތަ އަދި ބިދޭސީ މުވައްޒަފުންގެ ނިސްބަތް 55 އިންސައްތައިގައި ރިސޯޓްތަކުގައި ތިބޭ ގޮތަށް ތައްޔާރުކޮށްފައި އޮތް ސާކިއުލާއެކެވެ.
ކިޔުންތެރިންގެ ހިޔާލު