މެރިޓައިމް ދާއިރާއަކީ ރާއްޖެއަށް ޑޮލަރު ވަންނާނެ ދާއިރާއެއް ކަމަށާއި އެދާއިރާ ތައްރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތް ފަށާފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ، ބޯޓް ދަތުރުކުރާ މީހުންގެ ދުވަސް ނޫނީ، ދުނިޔޭގެ ސީ ފެއަރާސް ދުވަހާ ގުޅިގެން މިނިސްޓަރު ނަހުލާ ނެރުއްވި ހިތޯބެއްގައެވެ. މިނިސްޓަރު ނަހުލާ ދެއްވި ޚިތާބުގައި ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މެރިޓައިމް ދާއިރާގެ ކުރިއެރުމަށް މަސައްކަތް ނުކުރެވި އިހުމާލު ވެފައިވާ ކަަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ ވަޅުޖެހިފައިވާ އެ ސިނާއަތް ކޮޅަށް ޖަހާ ދިރުވުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މެރިޓައިމް ދާއިރާ ކުރިއެރުވިއްޖެނަމަ ރާއްޖެ އަށް ގިނަ އަދަދެއްގެ ޑޮލަރު ވަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ދާއިރާއަކީ ބޭރު ފައިސާ ލިބޭނެ ދާއިރާއެއްކަން ގަބޫލުކޮށް ދާއިރާ ކުރިއަރުވަން މަސައްކަތް ކުރަންޖެހޭ ކަމަށާއި ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީ ކުރިއެރުވުމަށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމަނާ އެކަމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ދެއްވި ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.
އެގޮތުން ސީ ފެއަރާސް އައިޑެންޓިފިކޭޝަން ޑޮކިޔުމެންޓް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސީ މޭނުންނަށާއި ސުޕަ ޔޮޓު ފަހަރުގައި މަސައްކަތްކުރަން ބޭނުންވާ ޒުވާނުން އުފައްދައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެގޮތުން 30 ނެވިގޭޝަން އޮފިސަރުންނާއި 30 އިންޖީން އޮފިސަރުން ތަމްރީނު ކުރުމަށް ނިންމާ، އެކަމުގެ އަމަލީ މަސައްކަތް ފެށިފައިވާ ވާހަކަ އަޅުގަނޑު މި ފުރުސަތުގައި ފާހަގަ ކޮށްލަމެވެ." މިނިސްޓަރުގެ ހިތޯބުގައިވެއެވެ.
ދާދިފަހުން ސަރުކާރުން ރާއްޖޭގެ ގައުމީ ޝިޕިން ލައިނެއް އުފެއްދުމަކީ މި ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެއް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމަށް ޝިޕިން ކޮމިޔުނިޓީ ގަބޫލުކުރާ ފެންވަރަށް ރާއްޖޭގެ ސިނާއަތުގެ މިންގަނޑުތައް ބައްޓަން ކުރަން ޖެހޭ ކަމަށާއި މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް ގާނޫނުތައް އެކުލަވާލަން ޖެހޭ ކަމަށް މިނިސްޓަރު ނަހުލާ ދެއްވި ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު