ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ޗަައިނާ ސަފީރާ ބައްދަލުކުރައްވަނީ
ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ޗަައިނާ ސަފީރާ ބައްދަލުކުރައްވަނީ
ޗައިނާގެ އެހީގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ކޯވިޑް-19 އާއި ގުޅިގެން ޗައިނާއިން ދެމުންގެންދާ އެހީތަކާއި ބެހޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒަންގް ލިޒޮންގއާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްްޖޭގައި ހުންނަވާ ޗައިނާ ސަފީރާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށާއި، އެބައްދަލު ކުރެއްވުމުގައި އެގައުމުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކާއި ކޯވިޑް-އާއި ގުޅިގެން އެގައުމުން ދެމުން ގެންދާ އެހީތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ ޗައިނާ ސަފީރާ އެކު ބޭއްވެވި ބައްދަލު ވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

މިނިސްޓަރ ޝާހިދު ވަނީ ޗައިނާ އިން ރާއްޖޭގައި ހިންގާ އުމުރާނީ ތަރައްގީގެ ޕްރޮޖެކްޓްތަކާއި ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެގައުމުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ޗައިނާގެ ސަރުކާރާއި އެގަައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.



މިބައްދަލުވުމަށްފަހު ޗައިނާގެ ސަފީރު ކުރެއްވި ޓުވީޓްގައި ވިދާޅުވީ މިނިސްޓަރާއި ބައްދަލުކުރައްވައި ދެ ގަައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާ އިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް މީގެ ކުރިން ވެސް އެ ގައުމުގެ ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ވަނީ ގިނަ އެހީތަކެއް ދީފަ އެވެ. އެގޮތުން މެޑިކަލް ޕްރޮޓެކްޓިވް ސާމާނާއި ފޭސް މާސްކާއި ސާޖިކަލް މާސްކާއި ޑިސްޕޯސަބަލް ކަވަރޯލްގެ އިތުރުން މެޑިކަލް ގޮގްލްސް ފަދަ އެތައް ސާމާނެއް ރާއްޖެ އަށް ހަދިޔާކޮށްފައިވާއިރު 10 ވެންޓިލޭޓަރު ވެސް ރާއްޖެ އަށް ހަދިޔާ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޗަައިނާ އިން އަނބުރާ ދައްކާ ގޮތަށް ދިވެހި ސަރުކާރުން ނަގާފަައިވާ ލޯންތައް ދައްކަންޖެހޭ މުއްދަތުވެސް ކޮވިޑާ ގުޅިގެން އެގައުމުން މިހާރު ވަނީ ފަސްކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން