ޖީލުތަކެއް ފަނާކުރި ފިކުރެއް ދިރުވުމުގެ ބޭނުމެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ މެންބަރު ސަޢުދު މި މޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެޕާޓީގައި ނުހިމެނޭ ފަރާތްތަކުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަށްވާކަމަށް ކެމްޕޭން ޓީމްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
މިފަދަ ދަނޑިވަޅެއްގައި ސަޢުދު ވިދާޅުވީ ނެތިގެންދާ ނުވަތަ ޤައުމަށް ބޭނުންނުވާ އަދި ޖީލުތަކެއް ފަނާކުރި ފިކުރެއް ދިރުވުމުގެ ބޭނުމެއް ނެތް ކަމަށެވެ. “ފިކުރެއްގެ ދިރުމަކީ” ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބޭނުންކުރަށްވާ ސްލޯގަން އެވެ.
ސައުދު ވިދާޅުވީ ރާއްޖެ އާރާސްތުވަނީ ރައީސް ޞާލިޙާއެކު ކަމަށެވެ. އަދި މި އިންތިޚާބުގައި ރައީސް ޞާލިޙަށް ވޯޓުލާން ޖެހެނީ ޤައުމީ ފިކުރުގައި މަސައްކަތްކުރާ ހަމައެކަނި ރައީސަށް ވުމުން ކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.
ރައީސް ޞާލިޙާއި ރައީސް ނަޝީދު ވާދަކުރަށްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
މީގެ ކުރިންވެސް ސަޢުދު ވިދާޅުވެފައިވަނީ “ފިކުރު ދިރުވައިގެން” ޤައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު