ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ދޭ ލޯނާއި ސްކޮލަރޝިޕްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެެއްވި ޓުވީޓެއްގައެވެ. ރައީސް ސޯލިހްގެ ޓްވީޓްގައި ވިދާޅުވީ ކޯވިޑް-19ގެ މި ހާލަތުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކުގައިވެސް މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހުއްޓުމެއްނެތި ޚާއްޞަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.



މި އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުގެ ފަރާތުން އިއުލާންކޮށްފައިވާ ސްޓޫޑެންޓްސް ލޯން ސްކީމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ސްކީމްގައި ހިމެނޭ ޕްރެޒިޑެންޓްސް އެވޯޑްސް ސްކޮލަރޝިޕް އަދި ހަޔަރ އެޗީވާސް ސްކޮލަރޝިޕް ވެސް ހިމެނޭ ގޮތަށް މި ތިން ޕްރޮގްރާމް ވެސް މި އަހަރު މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ސޯލިހް ވަނީ ދެއްވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ސްޓޫޑަންޓް ލޯނު ރީޕޭކުރަމުންދާ ފަރާތްތަކުގެ، ރީޕޭމަންޓް 6 މަސް ދުވަހަށް ފަސްކޮށްދެއްވާފައިވާކަން ރައީސް ސޯލިހު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން