ޤުރުއާން އަންދާލުމަކުން ޤުރުއާނުގެ އަލިކަމަކަށް ފަނޑުކަމެއް ނާންނާނެކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ސްވިޑްންއިން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތުގައި ތުރުކީން އެއްބާރުލުން ދެމުން ނުދާތީ ބޭއްވި އެއްވުމެއްގައި ޑެންމާކްގެ ކަނާތުފިޔައިގެ ސިޔާސީ ޕާޓއެއްގެ ލީޑަރެއް ކަމަށްވާ ރަސްމުސް ޕަލްޑަން ވަނީ ޤުރުއާންގެ ކޮޕީއެއް އަންދާލާފައެވެ. ރަސްމުސް ޕަލްޑަން އަކީ ސްވިޑްންގެ ރަށްވެހިކަންވެސް އޮންނަ މީހެކެވެ.
ކީރިތިޤުރުއާން އަންދާލުމަށް ސްވިޑްން ސަރުކާރުން ހުއްދަދިނުމާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ ޤުރުއާން މަތިވެރިވެރިކުރާ ބަޔަކަށް ﷲ ޢިއްޒަތް ދެއްވާނެ ކަމަށެވެ. އަދި ޤުރުއާނަށް އިހާނެތިކަން ކުރިމަތިކުރާ ފަރާތްތައް ނިކަމެތި ކުރައްވާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
“ޤުރުއާން އަންދާލުމަކުން ޤުރުއާނުގެ އަލިކަމަކަށް ފަނޑުކަމެއް ނާންނާނެ.. އެއުރެންނަކަށް އެއްވެސް ކާމިޔާބީއެއް ނުލިބޭނެ.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ސްވިޑްންގައި މިގޮތަށް ޤުރުއާންގެ ކޮޕީއެއް އަންދާލުމާ ގުޅުގެން، ތުރުކީގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ޖޯޑަން އަދި ކުވެއިތުންވެސް ވަނީ މިކަން ކުއްވެރިކޮށްފައެވެ. އެގޮތުން ސައުދީން ވަނީ މީހުންގެ މެދުގައި ނަފުރަތު އުފެދޭ މިފަދަ ހައްދުފަހަނައަޅާފައިވާ ހިޔާލުތަކާ އަމަލުތައް އެގައުމުން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު