ޑރ. ޖަމީލު ޕީޕީއެމާއި ގުޅިވަޑައިގަންނަވަނީ؛ ޖަމީލަށް ވަނީ އިދިކޮޅި ކޯލިޝަންގެ އެޑްވައިޒަރގެ މަގާމުވެސް ދީފަ
ޑރ. ޖަމީލު ޕީޕީއެމާއި ގުޅިވަޑައިގަންނަވަނީ؛ ޖަމީލަށް ވަނީ އިދިކޮޅި ކޯލިޝަންގެ އެޑްވައިޒަރގެ މަގާމުވެސް ދީފަ
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރައްވައިފިއެވެ.

ޖަމީލް، ޕީޕީއެމާއި ގުޅިވަޑައިގެންފައި ވަނީ މިރޭ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖަމީލް މިރޭ ޕީޕީއެމާއި ގުޅިވަޑައިގެންނެވުމާއި ހަމައަށް އޭނާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. ޖަމީލް މިރެއާ ހަމައަށް ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.

ޖަމީލް، ޕީޕީއެމާއި ގުޅިވަޑައިގެންނެވި އިރު ޕިޕީއެމް/ ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމަށް ވެސް ޖަމީލް ވަނީ ހަމަޖައްސާފަ އެވެ. ޖަމީލްގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ވެސް މިހާރު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރެކެވެ.

އިދިިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާއިރު އެމަނިކުފާނުގެ ގާނޫނީ ޓީމްވެސް ލީޑް ކުރައްވަނީ ޖަމީލު ކަން ފާހަގަކޮށްލެވެއެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދުގެ ސަރުކާރުގައިވެސް ޖަމީލް ވަނީ މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ޑރ.ޖަމީލަކީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ


ކިޔުންތެރިންގެ ހިޔާލު


12

ތިމަންނަ

26-Jun-2020

ފިދަނަ ދޫންޏަކީ އޮޅު ނުކުރެވޭނެ ދޫންޏެކެވެ. ކޮށީގައި ދުވަސްކޮޅަކު އިދެދާނެ , ހަމަ ދަޑިވަޅެއް ލިބުނީ އަވަހަށް ކޮށިން ފިލާ ރައްކާވާނެއެވެ



ޓްރެންޑިން