އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މުޅި ރާއްޖޭގައި ފަށައިފި އެވެ.

މި އިންތިހާބުގައި ވާދަކުރަށްވަނީ ކެންޑިޑޭޓް ނަންބަރު 1 އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކެންޑިޑޭޓް ނަންބަރު 2 ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙެވެ.

މި ޕްރައިމަރީ އަކީ ރާއްޖޭގައި ތާރީހުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު ޕްރައިމަރީއެއްގައި ވާދަކުރައްވައިގެން ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރެވެ. އެމްޑީޕީން މީގެކުރިން ވާދަވެރި ރިޔާސީ ޕްރައިމަރީއެއް ބާއްވާފައިވަނީ އޭޕްރީލް 23، 2008 ގައެވެ. އޭގެފަހުން ބޭއްވި ޕްރައިމަރީތަކުގައި ވާދަކުރެއްވީ ރައީސް ނަޝީދު ގިނިކަންޏާއެވެ.

މި އިންތިޚާބުގައި 283 ފޮށްޓަކަށް ވޯޓު ލުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 57،255 މީހުންނަށެވެ.

މިއަދުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.



ކިޔުންތެރިންގެ ހިޔާލު