ގިނަ ބަޔަކަށް ރަނގަޅު ނުވިޔަސް ޙައްޤު ވާނީ ޙައްޤަށް ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު ފެށިގެން ކުރިއަށް ދާއިރު މިސަރުކާރުގެ ދާޚިލީ ވަޒީރުގެ މަޤާމުގައިވެސް ހުންނެވި އިމްރާން ވިދާޅުވީ ޙައްޤަކީ ގިނަ ބަޔަކަށް ރަނގަޅުގޮތްކަމަށް ނުވެދާނެކަމަށެވެ. އެހެންނަމަވެސް ޙައްޤުވާނީ ޙައްޤަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެހެނިހެން ޕާޓީތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ޕްރައިމަރީގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުތަކުން ތުހުމަތު ކުރަށްވަމުން ގެންދަވާ މި ދަނޑިވަޅުގައި އިމްރާން ވަނީ އެފަދަ މިސާލެއް ޢަރަބި ޅެމަކުންވެސް ޙިއްސާ ކުރަށްވާފައެވެ.

“ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެންގޮސް ސަވާރީގެ ފައިދަށުން ރަނގަޅަށް ހިރަފުސްއަރާލުމުން ތިމަން ސަވާރުވެ މި ހުރީ އަހަކަށްކަން ނުވަތަ ޙިމާރަކަށްކަން ތިބާއަށް ސާފުވެދާހުއްޓެވެ.” އިމްރާން ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އޭގެތެރެއިން އިމްރާންގެ ތާއީދު އަބަދުވެސް އޮންނަނީ ރައީސް ޞާލިޙަށެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު އިންތިޚާބުގެ ނަތީޖާ މިރޭގެ ވަގުތެއްގައި އިޢުލާނު ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު


2

އާދަމް

20-Feb-2023

ވެރިން ޢަމަލުކުރާ ކޮންމެ ގޮތަކީ ޙައްގު ކަމުގައި ބަލައިގަނެވޭނެ ފޯމިއުލާއެއް ނޯވެއެވެ.