ފުލުހުންގެ އޮފިސަރުން ގައުމީ މަސައްކަތުގައި
ފުލުހުންގެ އޮފިސަރުން ގައުމީ މަސައްކަތުގައި
އެމްއެމްޕީއާރްސީ ފައިސާ ލިބުނު ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކޮށް ތަހުގީގް ފަށައިފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ހިންގަމުންދާ ތަޙްޤީޤުގައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ފާހަގަ ކުރެވިފައިވާ ފުލުހުންގެ ވަޒީފާގައި މިވަގުތު ތިބި ފަސް މުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަޙްޤީޤެއް ހިންގަމުންގެންދާ ކަމަށެވެ. އަދި ތަޙްޤީޤު ކުރަމުން ގެންދާތީ ފަސް ފުލުހުން ވެސް ތިބީ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ފަސް ފުލުހުން މަސްއޫލިއްޔަތުން ދުރުކޮށްފައިވާއިރު ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވެސް ވަނީ އެމްއެމްޕީއާރުސީ ފައިސާ ލިބުނު މީހުންގެ ތެރޭގައި ފުލުހުން ތިބި ކަމަށާއި، އެ ފުލުހުން ބައިތިއްބައިގެން އެކަށީގެންވާ ގޮތެއްގައި ތަހުގީގް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަައެވެ. އަދި އެ ފުލުހުން މަސްއޫލިއްޔަތުން ދުރުކުރުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

އެމްއެމްޕީއާރްސީ މައްސަލަ ތަޙްޤީޤުކޮށް ހިޔާނާތްތެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ރައީސް ޞާލިހްގެ އެންމެ މުހިއްމު އެއް ވައުދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން