ފްރަންްޓްލައިންގައި ހަރަކާތްތެރިވާ ބައެއް ސިއްހީ އޮފިޝަލުން
ފްރަންްޓްލައިންގައި ހަރަކާތްތެރިވާ ބައެއް ސިއްހީ އޮފިޝަލުން
ރާއްޖެ އިން މިއަދު އިތުރު 17 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ 09 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 07 ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހަކު ކަމަށެވެ. މިއަދު ބަލިޖެހުނު 17 މީހުންނާއެކު މިހާރު ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2227 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 09 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ 1848 އަކަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 416 މީހުންނެވެ. އައިސޮލޭޝަންގައި 315 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 219 މީހުންނެވެ. މިހާތަނަށް މި ބަލީގައި ރާއްޖެ އިން މަރުވެފައިވަނީ 8 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން