ފެއިލްވުމަކީ ކަމެއްގެ ނިމުން ނޫން ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ޞާލިޙް ހޯއްދެވި ބޮޑު ކާމިޔާބީއާ ގުޅިގެން އެއީ "ފިކުރެއްގެ ނިމުން" ކަމަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ. އެބޭފުޅުން އެގޮތަށް ވިދާޅުވެފައިވަނީ ޕްރައިމަރީގައި ރައީސް ނަޝީދު ބޭނުން ކުރެއްވި "ފިކުރެއްގެ ދިރުން" ޝިޢާރަށް ނިސްބަތް ކުރަށްވައެވެ.
އެކަމާ ގުޅިގެން ޑރ. ޝަހީމް މިއަދު ވިދާޅުވީ، ކަމެއްގައި ފެއިލްވުމަކީ، އެކަމެއްގެ ނިމުމެއްނޫން ކަމަށެވެ. ހަމައެއާއެކު ކާމިޔާބަށް ވާޞިލްވުމުގައި ހިތްވަރާއި ޢަޒުމުގެ ހަރުފަތްތައް ގިރާކުރަންޖެހޭކަމަށާއި މާތް ﷲ އަށް އިތުބާރުކުރާ މީހަކަށް ދެރަ ނިމުމެއް ނާންނާނެ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
"އެހެން ނަމަ އަހަރުމެންނަށް މި ތިބެވޭ ހިސާބަށް ވާޞިލް ނުވެވުނީހެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ.
ސިޔާސީ ދާއިރާގައިވެސް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. ޝަހީމް މިވަގުތު ހުންނެވީ ޕީޕީއެމްގެ އެޑްވައިޒަރެއްގެ މަޤާމުގައެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ނުކުންނަވައި ނާކާމިޔާބީ ތަޖުރިބާ ކުރަށްވާފައެވެ.
ފެއިލްވުމަކީ ކަމެއްގެ ނިމުން ނޫން ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމްް މުހައްމަދު ޞާލިޙު ވަނީ ރައީސް ނަޝީދު ބަލިކުރަށްވާފައެވެ.

ކަމެއްގައި ފެއިލްވުމަކީ، އެކަމެއްގެ ނިމުމެއްނޫނެވެ. އެހެން ނަމަ އަހަރުމެންނަށް މި ތިބެވޭ ހިސާބަށް ވާޞިލް ނުވެވުނީހެވެ. ކާމިޔާބަށް ވާޞިލްވުމުގައި ހިތްވަރާއި ޢަޒުމުގެ ހަރުފަތްތައް ގިރާކުރަންޖެހެއެވެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 30, 2023
މާތް ﷲ އަށް އިތުބާރުކުރާ މީހަކަށް ދެރަ ނިމުމެއް ނާންނާނެއެވެ. pic.twitter.com/GW75u4x8sp
ސިޔާސީ ދާއިރާގައިވެސް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. ޝަހީމް މިވަގުތު ހުންނެވީ ޕީޕީއެމްގެ އެޑްވައިޒަރެއްގެ މަޤާމުގައެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ނުކުންނަވައި ނާކާމިޔާބީ ތަޖުރިބާ ކުރަށްވާފައެވެ.
ފެއިލްވުމަކީ ކަމެއްގެ ނިމުން ނޫން ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމްް މުހައްމަދު ޞާލިޙު ވަނީ ރައީސް ނަޝީދު ބަލިކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު