އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ޙަރަކާތް ހިންގަވާނެ ކަމަށާއި އެމްޑީޕީ އުފެއްދީވެސް ބަޔަކު ޖާގަ ދީގެން ނޫންކަމަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވައި ކުރިމަތިވި ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު މިއަދު މެންދުރުފަހު ވަނީ ކެމްޕެއިނު ޓީމުތަކާ ބައްދަލުކުރަށްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އެމަނިކުފާނު ވަކިނުވާނެ ކަމަށާއި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން ކަމަށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމްޑީޕީ އުފެއްދީވެސް މީހަކު ޖާގަ ދީގެން ނޫން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ތެރޭގައި "ފިކުރުގެ ދިރުން" ގޮފިތަކުގެ މަސައްކަތް ހުއްޓަވާނުލައްވާ ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ވީހާވެސް ގިނަ ބަޔަކު "ފިކުރެއްގެ ދިރުން" ގޮފިތަކާ ގުޅިވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ.
"އަޅުގަނޑުމެންގެ "ފިކުރެއްގެދިރުން" އެމްޑީޕީގެ ތެރޭގައި ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ، އެއީ އަޅުގަނޑުމެން ހިންގާ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ސިޔާސީ މަސައްކަތަކީ އިންތިޒާމް ވެގެން ހިންގާ ޙަރަކާތެއް ކަމަށެވެ. އެހެންކަމުން ކޮންމެ ރަށެއްގައި ވެސް ފިކުރެއްގެ ދިރުމުގެ ގޮފިތައް އުފެއްދެވުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އޭގެ އިތުރުން ގޮފިތަކުގެ މެންބަރުންގެ ޖުމްލަ ޢަދަދު 50،000 އަށް އެރުވުމަކީ މުހިއްމު ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަނީ އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން، އަދި ބަލިވާނެ ޕާޓީއެއް ވެސް ނޫން، އެއީ ގަދަ ޕާޓީއެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް މިއަދު ވިދާޅުވީ ޕާޓީގެ ތެރޭގައި ވަކި ޙަރަކާތް ނުހިންގެވޭނެ ކަމަށެވެ. ހަމައެއާއެކު ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ފަހަތްޕުޅުގައި ނުހުންނަވާނެކަމުގެ އިޝާރާތެއްވެސް ރައީސް ނަޝީދު މިއަދުވަނީ ކުރަށްވާފައެވެ.
މިދިއަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ރައީސް ނަޝީދަށް ލިބި ވަޑައިގެންނެވީ ވޯޓްގެ 39 ޕަސެންޓެވެ. ރައީސް ސޯލިހު ކާމިޔާބު ހޯއްދެވީ ވޯޓްގެ 61 ޕަސެންޓާއެކު ބޮޑު ތަފާތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު