ޓާރފް އަޅަން 3 ދުވަހަށް ވެފައިވަނިކޮށް ނޮޅިވަރަމް ފުޓުބޯޅަ ދަނޑުގައި އެޅުމަށް ގެންގޮސްފައިހުރި ޓާރފްތަކުގައި ރޯކޮށްލައިފިއެވެ.
ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މިއަދު ވިދާޅުވީ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވެފައިވަނިކޮށް ޓާރފް ތަކުގައި ރޯކޮށްލާފައިވާ ކަމަށެވެ.
މަޙްލޫފް ވިދާޅުވީ ނޮޅިވަރަމް ފުޓުބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތަކީ އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ޓާރފް ތަކުގައި ރޯކޮށްލީ ބަޔަކު ގަސްތުގައި ކަމަށް މަޙްލޫފް ތުހުމަތު ކުރެއްވިއެވެ. އަދި އެއީ ފިނޑި ޢަމަލެއް ކަމަށްވެސް މަޙްލޫފްވަނީ ވިދާޅުވެފައެވެ.
"އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް." މަޙްލޫފް ވިދާޅުވެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޓާފްތަކުގައި ރޯކޮށްލާފައިވަނީ ރޭ މެންދަމު 3:30 ހާއިރުއެވެ. އަދި އެ އަލިފާންގަނޑު ނިވާލެވުނީ މިއަދު އިރުއެރިފަހުން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ފަސް މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްގެން ހަދަމުންގެންދާ ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ހަތަރު އަހަރުވަނީ ވެފައެވެ.

އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފަ.
— Ahmed Mahloof (@AhmedMahloof) January 31, 2023
އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް. pic.twitter.com/irGbmqCXDa
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޓާފްތަކުގައި ރޯކޮށްލާފައިވަނީ ރޭ މެންދަމު 3:30 ހާއިރުއެވެ. އަދި އެ އަލިފާންގަނޑު ނިވާލެވުނީ މިއަދު އިރުއެރިފަހުން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ފަސް މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްގެން ހަދަމުންގެންދާ ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ހަތަރު އަހަރުވަނީ ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު