ކުރީގެ ރައީސް ޔާމިން އާއި ޑރ.ޖަމީލް ނޫސްވެރިންނާއި ބަައްދަލުކުރައްވަނީ
ކުރީގެ ރައީސް ޔާމިން އާއި ޑރ.ޖަމީލް ނޫސްވެރިންނާއި ބަައްދަލުކުރައްވަނީ
ޕީޕިއެމާއި ގުޅުމުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ރޭ ހަމަޖެއްސި ކުރީގެ ނާއިބް ރައީސް ޑރ.މުހަންމަދު ޖަމީލަކީ "ކިންގް މޭކަރ" ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2013 ގައި ޕީޕިއެމް ވެރިކަމަށް އައިއިރު ޖަމީލް ހުންނެވީ ޕީޕިއެމްގެ ރަނިންމޭޓެއްގެ ގޮތުގައި ކަމަށެވެ. އަދި 2018 ގައި އެމްޑީޕީ ލީޑްކުރާ ކޯލިޝަންގެ ވެރިކަމަށް އައިއިރު ޖަމީލު ހުންނެވީ ކޯލިޝަންގައި އެމްއޯޔޫގެ ރައީސް އަކަށް ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

"އިންޝާ ﷲ 2023 ގައި ރައީސް ޔާމިން ވެރިކަމަށް ގެންނަން އެ ހުންނެވީ ޕީޕިއެމްގައި، ޑރ.ޖަމީލަކީ ކިންގ މޭކަރ." އާދަމް ޝަރީފް ވިދާޅުވިއެވެ.

2013 ގައި ރައީސް ޔާމިން އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު މާގިނަ ދުވަހެއް ނުވެ ނާއިބް ރައީސް ކަމުގައި ޑރ.ޖަމީލް ހުންނަވަނިކޮށް މަޖިލިސް މެދުވެރިކޮށް މަގާމުން ވަނީ ވަކިކޮށްފައެވެ. އޭގެފަހުން ޖަމީލް އުޅުއްވީ ރާއްޖެއިން ބޭރަށް އަރުއްވާލެއްވިގެންނެވެ. ބޭރުގައި ހުންނެވި ދުވަސްވަރު ރައީސް ޔާމިންގެ ސަރުކާރާއި ދެކޮޅަށް ވަރުގަދަ އިއްތިހާދެއް ޖަމީލް އިސްވެ ހުންނަވައިގެން އުފެއްދެވިއެވެ. އެ އިއްތިހާދު ލީޑް ކުރެއްވީ ޑރ.ޖަމީލެވެ.

ރައީސް ސޯލިހްގެ ކޯލިޝަންގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ޑރ.ޖަމީލް ވަރަށް އިސްރޯލެއް އަދާކުރެއްވިއެވެ. ސަރުކާރު ވެރިކަމަށް އައިސް މާގިނަ ދުވަހެއް ނުވެ މިސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވެ ކޯލިޝަންގައި އޮތް ޖުމުހޫރީ ޕާޓީއަށް ޖަމީލް ސޮއިކުރެއްވިއެވެ. ޖުމުހޫރީ ޕާޓީގެ އެޑްވައިޒަރ ކަމުގެ މަގާމުގައި ހުންނަވައި ރައީސް ޔާމިންގެ މައްޗަށް އުފުލި މަނީލޯންޑަރ ކުރުމުގެ ދައުވާ އަށް އެމަނިކުފާނުގެ ދިފާއުގައި ޖަމީލް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ. ޖަމީލް ޕީޕިއެމް އަށް ސޮއިކުރެއްވީ ޖުމުހޫރީ ޕާޓީގައި ހުންނެވުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ޒަރީރު

26-Jun-2020

ހަސީލަތް ނުބައި ހަސަދަ ވެރި ވިސްނުމުގެ ޒާތީ ތައައްސުބުން ކިލަނބުވެފައިވާ މީހެއް ތީނަގެ ސަބަބުން އަޅުގަނޑުމެންގެ މި ޕާޓީ އަށްވެސް ލިބޭނީ ގެއްލުން އޭނާ ސީދާ ރިޔާސީ ޓިކެޓް ނޫން އެއްޗެއް ބޭނުމެއްނުވާނެ އަހަރެމެން ޓިކެޓް ދޭން ބޭނުން ވަނީ ޣައްސާނު މައުމޫނުއަށް


8

ޖައުފަރު

26-Jun-2020

ސިޔަސި ގޮތުން އެއްވެސް ބުރަދަނެއް ހުރި މިހެއް ނޫން ތީ އަސލު ހަމަ ކަނޑުކޮހެއް ޖަމީލް އަކީ


8

ޒިޔަފު

26-Jun-2020

ޖަމީލު ކުރާ ޓުވީޓު ތައްވެސް އަޅުގަނޑު އެބަބަލަން މުޅިދުނިޔެ އަށާއި ރާއްޖެ އަށް ދިމާވެފައިވާ ހައްސަ ހާލަތުގައި ވެސް އޭނާ ބެލީ ފިތުނަ ހަދައިގެން ހާލަތު ގޯސް ކުރަން އޭގެ ފަހުން އަޅުގަނޑު ޖަމީލު މަތިން ވަރަށް ބޮޑަށް ފޫހިވެއްޖެ ގަބޫލު ކުރެވިއްޖެ ގައުމަށާއި ރައްޔަތުންނަށް ހެޔޮއެދޭ މީހެއް ނޫން ކަން


12

މަޒީ

26-Jun-2020

ޖަމިލު ގެ ސަބަބުން މަމެންގެ ޕަޓީ އަށް ލިބޭނީ ގެއްލުން މުޅި ރާއްޖޭގަވެސް ތި ޖަމީލް ގެ ސަޕޯޓަރަކު ހުރިތޯ ބަލައިލަބަލަ


12

ހަސަޖު

26-Jun-2020

ޖަމީލަކީ ސިޔަސީ ކޮހެއް އެއްވެސް ތާކުން ތާކުޖެހޭ މީހެއް ނުން


2

ސަމިރު

26-Jun-2020

ކޮންގޮތަކުން ބާ ޖަމީލު އަކީ ނަމުން އިލްމު ހުރި ކަމުން ކޮސް އަނގަތަޅާ އެއްވެސް އުރައްޕެއް ނެތް މީހެއް ވެރިކަން ފަހާދުވާ މީހެއް



ޓްރެންޑިން