މަސްދޯންްޏެއް ކަނޑަށް ނުކުމެ މަސް އައިނަކުން މަސްބާނަނީ؛ މާލެ ސަރަހައްދުގެ މަސްވެރިންނަށް މާރުކޭޓަށް މަސްވިއްކުމަށް ހުރަސް އަޅާ ކަމަށް ބައެއް މަސްވެރިން ބުނޭ
މަސްދޯންްޏެއް ކަނޑަށް ނުކުމެ މަސް އައިނަކުން މަސްބާނަނީ؛ މާލެ ސަރަހައްދުގެ މަސްވެރިންނަށް މާރުކޭޓަށް މަސްވިއްކުމަށް ހުރަސް އަޅާ ކަމަށް ބައެއް މަސްވެރިން ބުނޭ
މާލޭގައި މަސްވެރިން ބާނާ މަސް ވިއްކޭނެ ގޮތެެއް ނެތް ކަމަށް ބުނެ މަސްވެރިން ޝަކުވާ ކުރަން ފަށައިފިއެވެ.

ސޯސަލް މީޑިޔާގައި މިއަދު އާންމުވެފައިވާ ވީޑިއޯ އަކުން ފެންނަނީ މަސްމާރުކޭޓް ކުރިމަތީގައި އަޅާފައި އޮތް ދޯންޏެއްގެ މަސްވެރިއަކު އެ ދޯނީގައި ބާނާފައިވާ މަސް ވިއްކުމުގެ ހުއްދަ މާލެ ސިޓީކައުންސިލުން ނުދިން ކަމަށް ބުނެ ޝަކުވާ ކުރާ މަންޒަރެވެ.

އެ ދޯނީގެ މަސްވެރިން މަސައްކަތް ކުރީ މަސް މާރުކޭޓުން ޖާގަ ނުލިބުމުން ދޯނީގައި ބަހައްޓައިގެންވެސް މަސްވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. ވީޑީއޯ އިން ފެންނަގޮތުގައި އެކަން ހުއްޓުވުމަށް އެ ދޯނި ކައިރީގައި ފުލުހުންނާއި މާލެ ސިޓީކައުންސިލްގެ ދެ ބޭފުޅުން ވެސް ހަރަކާތްތެރިވެއެވެ. ދޯނީގެ މަސްވެރިއަކު ބުނީ ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދިޔަސް ދޯނީގައި ބާނާފައިވާ މަސްވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މަސްވެރިންނަށް މަސް ނުވިއްކޭނެ އެއްވެސް ގޮތެއް ނޯއްނާނެ ކަމަށް މަސްވެރިޔާ ބުނެއެވެ. މާލޭ ސިޓީކައުންސިލުން މަސްމާރުކޭޓްގެ ޖާގަތަށް ވަކިބަޔަކަށް ބަހާލާފައިވަނީ ރިޝްވަތު ނަގައިގެން ކަމަށް މަސްވެރިޔާ ވަނީ ތުހުމަތުކޮށްފައެވެ.

"ރާއްޖޭގެ މަސްވެރިންނަށް ހަދާގޮތް މިފެންނަނީ މާލެ ސިޓީކައުންސިލުން ވަކި ބަޔަކަށް ރިޝްވަތު ދީގެން މިކުރާ ކަންތައްމީ، ސިޓީކައުންސިލުން ވަކިބަޔަކަށް ރިޝްވަތުދީ އެމީހުންނަށް ބައި އަޅާގޮތަށް މުޅި މާރުކޭޓާއި މަސްވެރިން މުޅިން ހިސޯރުކޮށްގެން މިއުޅެނީ، މަސްވެރިން މަހަށް ދިޔުމަށް ހުއްދަ އޮވޭ، މަސްވިއްކުމުގެ ހުއްދަ އެއް ނޯވޭ." ދޯނީގެ މަސްވެރިޔާ ވީޑިއޯގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މާލެ ސިޓީކައުންސިލާ ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން