އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ބާއްވާ "އުންމީދާއެކު" ކޮންފަރެންސް މިއަދު މެންދުރު ފަށާނެކަމަށް އެ ކޯލިޝަނުން ހާމަކޮށްފިއެވެ.
ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ސުޖާއު ވިދާޅުވީ, ރިޔާސީ އިންތިހާބަށް ރަސްމީކޮށް ކެމްޕޭން ފެށުމަށް ކުރަން ރާވާފައި އޮތް އެންމެ މުހިންމު ކަމަކީ "އުންމީދާއެކު" ކޮންފަރެންސް ކަމަށާއި އެއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ބާއްވާ ކޮންފަރެންސެއް ކަމަށެވެ.
ޕީޕީއެމް ޕީއެންސީގެ ދާއިރާތަކުގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލަރުންނާއި ސެނެޓަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުން މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.
ޖުމްލަ 8 ސެޝަނަކަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި އަންނަ ރިޔާސީ އިންތިޚާބަށް ކެމްޕޭން ޓީމުތައް އެކުލަވާލުމާއި ވޯޓްލާ މީހުންގެ ލިސްޓާއި ވޯޓްލާ ދުވަހުގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް އިދިކޮޅު ކޯލިޝަނުން މަޢުލޫމާތުދެއެވެ. ހަމައެއާއެކު "ބުންވަރު"ގެ ނަމުގައި ހުކުރު ދުވަހު މާލޭގައި ބޮޑު ހިނގާލުމެއް ބޭއްވުމާއި، ހޮނިހިރު ދުވަހުގެރޭ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގެ ތެރެއިން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރަން ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމާއި، ޕާޓީގެ ދާއިރާތަކުގެ އިންތިހާބުން މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ރަސްމީކޮށް މަގާމު ހަވާލު ކުރުންވެސް އޮންނާނެއެވެ.
އޭގެ އިތުރުން ރައީސް ޔާމީން މިނިވަން ކުރުމަށާއި، ބަދަހިކަންމަތީ ތިބުމަށް ހިތާއި ރޫހުން މި ކޮންފަރެންސްގެ ބައިވެރިން އަހުދުވާނެ ކަމަށް ޕީޕީއެމް ޕީއެންސީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު