އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ މިއަދު އިއުލާނުކޮށްފިއެވެ.

ރިޔާސީ ޕްރައިމަރީއަށް އެކުލަވާލި އިންތިޚާބާބެހޭ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރިރު އަދި އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާގައި ތަފާތެއް ނެތް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާގައި ކެންޑިޑޭޓް ނަމްބަރު 1 މުހައްމަދު ނަޝީދަށް ލިބިފައިވަނީ 15،641 ވޯޓެވެ. އަދި ކެނޑިޑޭޓް ނަމްބަރު 2 އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިފައިވަނީ 24،566 ވޯޓެވެ. އިންތިޚާބުގައި ޖުމުލަ 40،887 މީހުން ވޯޓުލާފައިވެއެވެ.

މި އިންތިހާބުގައި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ 71.47 އިންސައްތަ މެމްބަރުން ވޯޓު ލާފައިވެއެވެ. އިންތިހާބުގެ ވަގުތީ ނަތީޖާއަށްފަހު ޝަކުވާއަށް ހުޅުވާލި ފުރުސަތުގައި އޮންލައިންކޮށް 54 ޝަކުވާއެއް އަދި 10 ޝަކުވާއެއް ފޯނަށް ލިބިފައިވާކަމަށްވެސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މި އިންތިހާބުގައި ވޯޓްލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 282 ފޮށި ބެހެއްޓިއެވެ.



ކިޔުންތެރިންގެ ހިޔާލު