ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރުސަޢީދު
ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރުސަޢީދު
ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ޙައްލަކީ އަތުން ފައިން ކަމެއް ނުކޮށް ފާޑުކިޔުން ނޫން ކަމުގައިރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރުސަޢީދު މިހެން ވިދާޅުވީ މިހާރު ބިނާކޮށް ނިންމާފައިވާ ހިޔާ މަޝްރޫޢުގެ 7،000 ފުލެޓާ ގުޅޭ ގޮތުން މިސަރުކާރުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. މިހާރުގެ ސަރުކާރުން ބުނަނީ ރައީސް ޔާމިންގެ ސަރުކާރުން ބިނާކުރި އެތަނަކީ އިންސާނުން ދިރިއުޅެން ހެއުވާވަރުގެ ތަނެއް ނޫން ކަމަށާއި، އެތަނުގެ ޖާގަ މާ ކުޑަކަމަށެވެ.

ސަރުކާރުން އެކި ބަހަނާ ދައްކައިގެން ފުލެޓްތައް ހައްގުވެރިންނަށް ހަވާލުކުރުން ލަސްކުރާ މައްސަލަ އާއި ގުޅިގެން ސައީދު ވިދާޅުވީ އަތުންފައިން ކަމެއް ނުކޮށް ކުރީ ސަރުކާރުން ހިންގާފައިވާ މަޝްރޫޢުތަކަށް ފާޑުކިޔުމަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ލިބޭނެ ގޮތެއް ނޫން ކަމަށެވެ. އަދި ފުލެޓުތައް އޭގެ ޙައްޤުވެރިންނަށް އަވަހަށް ހަވާލުކުރުމަށްވެސް ސައީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

"އެއަށްފަހު ސަރުކާރުގެ "މަޑުދުވެލި" ބާރުކުރާށެވެ! ޢެހެންނޫންނަމަ ރައްޔިތުން ދުވެލި ބާރުކުރާނެ ކަން ޔަގީން ކުރާށެވެ." ރައީސް ސޯލިހަށް ޓެގް ކުރައްވައި ސައީދު ވިދާޅުވެފައި ވެއެވެ.

އެތަނުގެ ކުލި 11،000 ރުފިޔާއަށް ހަދަންޖެހޭނީ އެތަނަށް ބަދަލުތަކެއް ގެންނަންޖެހޭތީ ކަމަށް އެޗްޑީސީ×އިން ބުނެފައިވެއެވެ. ދާދިފަހުން އޮތް ނޫސްކޮންފަރެންސެއްގައި ރައީސް ޞާލިޙު ވިދާޅުވީ ހައުސިން ޔުނިޓު ތަކުގެ މަހުކުލި 11،000 ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި އެއީ ދޮރު ހަރުކުރުމާއި ތަށިމުށި ޖެހުމުގެ ޚަރަދު ނުހިމަނައި އެތަނުގެ އަގު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ އެތަނުގެ ފްލެޓަކަށް ހަތް ހާސް ރުފިޔާ ނުޖެޖޭނެ ކަމަށެވެ. ރައީސް ޔާމިންގެ ހިޔާ މަޝްރޫޢުގެ މި 7000 ފްލެޓްގެ މައްސަލައިގައި މީސް މީޑިއާގައާއި ސިޔާސީ ޕްލެޓްފޯމް ތަކުގައި ދެކޮޅަށް ވެސް ބަހުސް ހިނގަމުންދާއިރު ގިނަ މީހުން ބުރަވަނީ މާލޭގައި ގިނަ މީހުން ދިރިއުޅޭ ތަންތަނުގެ ހާލަތަށް ވުރެ އެތަނުގެ ހާލަތު ރަނގަޅު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން