ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބަވާނީ ސަރުކާރުގެ ސިޔާސަތުތަކާއި ރުހިވަޑައިގަންނަވާ ބޭފުޅުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ސިޔާސީ މަގާމްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އުފުލުމުގައި ރައީސަށް އެހީތެރިވާން އުފައްދަވާ މަޤާމުތަކެއް ކަމަށެވެ. އެހެންކަމުން ގަބޫލު ނުކުރައްވާ ސިޔާސަތުތަކެއް ތަންފީޒު ކުރަށްވަން ސަރުކާރުގެ ސިޔާސީ މަގާމެއްގައި އެއްވެސް ބޭފުޅަކު ހުންނަވާނޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން މިއަދު ވިދާޅުވީ، އަމިއްލަ ނަފުސަށް ތެދުވެރިކަމެއް އޮންނަންވާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ބޭފުޅުން މުސާރައިގެ ބޭނުމުގައި އެމަގާމުތަކުގައި ތިއްބަވާނޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
މިއުވާން ވިދާޅުވީ، ސިޔާސީ މަގާމެއް އުފައްދަނީ، ހަވާލު ކުރެވޭ މަސައްކަތަކާއި އެކުގައި ކަމަށެވެ. ހަމައެއާއެކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާ ދެކޮޅު ހައްދަވާ ބޭފުޅުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާނަމަ ސަރުކާރުން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް މިއުވާން މިއަދު ވިދާޅުވިއެވެ.
މިއުވާން މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުގެ ކުންފުނިތަކާއި ބައެއް އޮފީސްތަކުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނިމިގެންދިޔަ އެމްޑީ ޕްރައިމަރީން ފެށިގެން ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަން ފަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު