ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމު އިބްރާހީމް(މ)
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމު އިބްރާހީމް(މ)
ޑރ. ޖަމީލަކީ "ކިންގް މޭކަރ" ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ވިދާޅުވުމުން ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު، މާޒީ ހަދާން ކޮށްދެއްވައި މެންބަރު އާދަމް ޝަރީފަށް ރައްދެއް ދެއްވައިފި އެވެ.

"ރަސް އޮންލައިން" ގައި ޝާއިޢު ކުރި އާދަމް ޝަރީފްގެ ޚަބަރު ޓުވީޓާގައި ހިއްސާކުރައްވަމުން ޖުމުހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އަށް ޑިމްކޮރަސީ އައިފަހުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައި ވާދަކޮށް އިންތިޚާބު ކާމިޔާބުކުރި ރިޔާސީ ކެންޑިޑޭޓުން ބެލީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއިދު ހޯދުމަށް ކަމަށެވެ. ސަޢުދުވަނީ "މާޒީ ހަނދާން ނެތުނީ ތޯއޭ" ވިދާޅުވެ އާދަމް ޝަރީފާ ވަރުގަދަ ސުވާލެއްވެސް ކުރިމަތިކުރުވާފައެވެ.

" ކޮންމެ ބޭފުޅަކު ވެސް ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމަށް ހޮވުނީ ގާސިމް އިބްރާހިމްގެ ވަރަށް ބޮޑު ހިއްސާ އެއް އޮވެގެން." ސައުދު ވިދާޅުވިއެވެ.

ކޮންމެ ބޭފުޅަކު ވެސް ގާސިމް އިބްރާހިމްގެ ތާއިދާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ދެން ކަންތައްވީގޮތް ވެސް ރައްޔިތުންނަށް ފެނުނު ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު އެ އިޝާރަތް ކުރެއްވީ ގާސިމްގެ ތާއިދާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ކޯލިޝަނުން ޖުމުހޫރީ ޕާޓީ ބޭރުކޮށް އެމަނިކުފާނުގެ ވިޔަފާރިއަށް ގެއްލުންދީ އާއިލާ އަށް ހެދި ނިކަމެތި ގޮތްތަކަށް ކަމަށް ބެލެވެއެވެ.

"އެހެންވީމާ ހަގީގީ ކިންގ މޭކަރ ކޮބައިބާ؟" ސައުދު ސުވާލު އުފެއްދެވިއެވެ.

އާގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބެއް އެއް ޕާޓީ އަކަށް ކާމިޔާބު ވެފައެއް ނުވެއެވެ. ނަތިޖާ އަކަށް ވެގެންދަނީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާ ދެކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކާއި ކޯލިޝަން ހަދަންޖެހުމެވެ.

އެގޮތުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މުހަންމަދު ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވީ ޖުމުހޫރީޕާޓީގެ ލީޑަރު ގާސިމްގެ ތާއިދާއެކުއެވެ. އެހެން ނަމަވެސް ނަޝީދުގެ ވެރިކަމުގައި ހެދި ކޯލިޝަން ރޫޅިގެން ދިޔައީ 21 ދުވަހުގެ ތެރޭގައެވެ. އޭގެފަހުން ގާސިމްގެ ވިޔަފާރި އަށް ގެއްލުންވާގޮތަށް ނަޝީދުގެ ސަރުކާރުން ބައެއް ނިއްމުންތައް ނިއްމާފައި ވެސް ވެއެވެ.

އޭގެފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގާސިމްގެ ތާއިދާއެކު ރައީސް ޔާމިން ކާމިޔާބު ކުރެއްވުމަށްފަހު ވަކި ހިސާބަކުން ޖުމުހޫރީ ޕާޓީ ކޯލިޝަނުން ބޭރުކޮށްލިއެވެ. އޭގެފަހުން ގާސިމްގެ ވިޔަފާރި އާއި އާއިލާ އަށް ސަރުކާރުން ގެއްލުން ދޭން މަސައްކަތްކޮށްފައިވެއެވެ. އެންމެ ފަހުން ގާސިމްގެ މައްޗަށް ދައުވާ ކޮށް ޖަލަށް ލާން ހުކުމްކުރިއެވެ. އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމްވެސް ޔާމިންގެ ސަރުކާރުން ޖަލުގައި ބަންދުކޮށްފައިވެއެވެ. ރައީސް ސޯލިހް ސަރުކާރުވެސް ވެރިކަމަށް އައީވެސް ގާސިމް އިބްރާހިމްގެ ފުރިހަމަ ތާއިދާއެކުއެވެ.

ކުރީގެ ނާއިބު ރައީސް ޑރ.މުހަންމަދު ޖަމީލް ރޭ ޕީިޕީއެމް އަށް ސޮއިކުރެއްވުމުން އެޕާޓީ ހިމެނޭ ކޯލިޝަނުން ވަނީ އެޑްވައިޒަރ ކަމުގެ މަގާމަށް އޭނާ ހަމަޖައްސާފަ އެވެ. ޖަމީލް ޕީޕިއެމް އަށް ސޮއިކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޖުމުހޫރީ ޕާޓީގެ އެޑްވައިޒަރުގެ މަގާމުގަައެވެ.


ކިޔުންތެރިންގެ ހިޔާލު


21

ކެކެކެ

29-Jun-2020

ކޮންފަދަ ސައުދެއް! އެއްކަލަ ގުރުބާން ކުރެވުނު 12 ކަންބަޅިތެރޭން ސަލާމަތްވި ސައުދު?


-14

ވަލިގޭ ބޭބޭ

27-Jun-2020

މިއަދު ހޮޅުއައްޓެއްގަ ތިބިމީހުން ކިއާ އަޑު އިވޭ އަލައް ޗާޕުކުރި އެއްހާސް ރުފިޔާގެ ނޫޓުތަކެއް ފެނި މާޒީ ހަނދާން ނެތިއްޖެޔޭ


6

ވަލިގޭ ބޭބޭ

27-Jun-2020

މިއަދު ހޮޅުއައްޓެއްގަ ތިބިމީހުން ކިއާ އަޑު އިވޭ އަލައް ޗާޕުކުރި އެއްހާސް ރުފިޔާގެ ނޫޓުތަކެއް ފެނި މާޒީ ހަނދާން ނެތިއްޖެޔޭ


10

ހަސަނު

26-Jun-2020

އަސްލު ކިންގް މޭކަރަކީ ޤާސިމް އެކަމަކު މިފަހަރު ރައީސް ސޯލިހު ގެ ވެރިކަން ދެމި އޮތްހާ ހިނދަކު ކިންގްމޭކަރު ނުގުޑާނެ ގަސިމް އާއި ރައީސްސޯލިހަކީ ދެމިތުރުން އެދެމިތުރުން އެކުގައި ދެމިތިއްބާވާނެ


-2

ޝަމާ

26-Jun-2020

ޖަމީލަކީ ދެން ކަކު ކޮހެއް


-2

ޒަރީރު

26-Jun-2020

ވަރަށް ރަނގަޅު ވަހަކަ އެއް ދެން ވެސް ގާސިމް ގެ އެހީ އާއި ނުލާ އެއްވެސް މިހަކަށް ވެރިކަމަކަށް ނާދެވޭނެ



ޓްރެންޑިން