ކުރީގެ ރައީސް ޢަބްދުالله ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަދެ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރި މީހާގެ ސައިކަލް ޓޯ ކޮށްފިއެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅުން އިއްޔެ ފެށި "ހޯޕް ކޮންފަރެންސް" ގެ ތެރެއިން އެކޯލިޝަނުން އިއްޔެ ބޭއްވި ބޮޑު ހިނގާލުން ފަށާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރިންނެވެ. މަޖީދީމަގުގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުންނާއި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
"ބުންވަރު" ހިނގާލުން ކުރިއަށް ދަނިކޮށް ސައިކަލެއްގައި އައިމީހަކު ހިނގާލުމުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުން ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ވަނީ އޭނާ ގަދަކަމުން ދުރަށް ޖައްސާފައެވެ.
ފުލުހުން ބުނީ ހިނގާލުމުގެ ތެރެއަށް ވަދެގަތްމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓްރެފިކް ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި އޭނާގެ ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކޮށްފައިވާ ކަމަށެވެ.
މި ހިނގާލުމުގެ އިތުރުން ހޯޕް ކޮންފަރެންސް ނިންމުމަށް މިރޭ މާލޭގައި "ދުއްޕާން"ގެ ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު