ހުޅުދެލީ ބަނދަރު އިތުރަށް ބޮޑުކުރުމުގެ މަސައްކަތް ކުރުމަށްޓަކާ އެމްޓީސީސީގެ މަޝްރޫޢު ހިންގާ ޓީމް އެރަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދ.ހުޅުދެލީ ބަނދަރު އަޕްގުރޭޑުކުރުމުގެ މަސައްކަތް ހިންގުމަށް އެކުންފުނީގެ ޕްރޮޖެކްޓު ޓީމު އެރަށަށް ގޮސްފައިވާ ކަމަށެވެ. އެޓީމު އެރަށަށް ދިޔައީ ޖޫން މަހުގެ 25 ވަނަ ދުވަހު ކަމަށްވެސް އެކުންފުނިން ބުނެއެވެ.
މިމަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރާ ގުޅޭ ސާވޭއާއި ދިރާސާ ހަދާ ނިންމާފައިވަނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. މިމަޝްރޫޢުގައި ހިމެނެނީ ބަނދަރު އައުކުރުމަށް ކުރަހަންޖެހޭ ކުރެހުންތައް ކުރަހައި ފަރުމާކުރުމާއެކު މަޝްރޫޢު ހިންގުން ކަމުގައިވެސް އެމްއެމްޓީސީސީން ބުނެފައިވެއެވެ.
މިމަޝްރޫޢުގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި 45،585 އަކަމީޓަރު ކޮނެ ހިއްކުން ހިމެނެއެވެ. އަދި 60 މީޓަރުގެ ރިވެޓުމެންޓު މަސައްކަތްވެސް މިމަޝްރޫޢުގެ ތެރޭ ހިމެނިގެން އެކުންފުނިން ކުރާނެ ކަމުގައި އެމްޓީސީސީން ބުނެފައިވެއެވެ.
މިމަޝްރޫޢު ހިންގުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެެ. މިމަޝްރޫޢުގެ މަސައްކަތް ނިންމޭނެ ކަމަށް އެކުންފުނިން އަންދާޒާކުރާ މުހުލަތަކީ 362 ދުވަހެވެ. މިމަޝްރޫޢަކީ 39.8 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެއް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު