މާލޭގެ ދަތުރުވެރިންގެ މާރުކޭޓް: އަންނަ މަހު 1 އިން ފެށިގެން މާލޭގެ ހުރިހާ މާރުކޭޓެއް ހުޅުވާލާނެ
މާލޭގެ ދަތުރުވެރިންގެ މާރުކޭޓް: އަންނަ މަހު 1 އިން ފެށިގެން މާލޭގެ ހުރިހާ މާރުކޭޓެއް ހުޅުވާލާނެ
އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތުރުވެރިންގެ މާކެޓާއި ލޯކަލް މާރުކޭޓް އަދި މަސްވެރިންގެ މާރުކޭޓް އާންމުކޮށް ޚިދުމަތަށް ހުޅުވާލާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުންސިޓީ ކައުންސިލްގެ މެންބަރު އަޙްމަދު ޒަމީރު ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓް އަދި މަސްވެރިންގެ މާރުކޭޓް އާއްމުކޮށް ޚިދުމަތަށް ހުޅުވާލާނެކަމަށެވެ. ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓް އަދި މަސް މާރުކޭޓް އާއްމުކޮށް ހުޅުވާލުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަށް ސިޓީކައުންސިލުން ވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މާލޭ މަސްކޭޓަށް އާއްމުންނަށް ގޮސް މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު މިހާރު މަސް ގަންނަނީ މަސް މާރުކޭޓުގެ ބޭރުގައި ތިބެގެން އޯޑަރުދީގެންނެވެ. ޒަމީރު ވިދާޅުވީ އަންނަ މަހުގެ އެކަކުން ފެށިގެން ގެންނަ ބަދަލުތަކާއިއެކު މަސް މާރުކޭޓްގެ އެތެރެއަށް ވަދެގެން އާއްމު ރައްޔިތުންނަށް މަސް ގަނެވޭނެކަމަށެވެ. މިކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ވަނީ ފަށާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒަމީރު ވިދާޅުވީ މަސް މާރުކޭޓްގެ ޚިދުމަތް އާއްމުކޮށް ހުޅުވާލިނަމަވެސް، އެއްފަހަރާ މާރުކޭޓްގެ އެތެރެއަށް ވަދެވޭނީ ވަކި އަދަދެއްގެ މީހުންނަށް ކަމަށެވެ. އަދި ކޮންމެ މީހަކުވެސް މާރުކޭޓަށް ވަނުމުގެ ކުރިން ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެކަމަށް ޒަމީރު ވިދާޅުވިއެވެ. މާރުކޭޓްތެރޭގައި މަސް ވިއްކުމުގެ ޚިދުމަތް ދެވޭނީވެސް ދޯނިތަކުން ސިޓީ ކައުންސިލްގެ ހުއްދަ ނަގައިގެންނެވެ.

މާލެ މަސް މާރުކޭޓްގެ ޚިދުމަތުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަކީވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާ ތަނެއް ކަން ފާހަގަކޮށްލެވެއެވެ. 117 ގޮޅިއާއިއެކު ދަތުރުވެރިންގެ މާރުކޭޓް އަލުން ތަރައްޤީކޮށް ހުޅުވުމަށް ތައްޔާރުވެފައިވަނިކޮށް، ކޯވިޑްގެ ޙާލަތާ ގުޅިގެން އެތަން ހުޅުވުން ވަނީ ފަސްކޮށްފައެވެ. އަދި މިވަގުތު ލޯކަލް މާރުކޭޓްވެސް ވަނީ ސާފުކޮށް، ޑިސްއިންފެކްޓް ކުރުމަށް ބަންދުކޮށްފައެވެ.

ޒަމީރު ވިދާޅުވީ ސާފުކޮށް ޑިންއިންފެކްޓްކުރުމަށް މަރުކޭޓް ބަންދުކުރީ، އަންނަ މަހުގެ 1ގައި ހުޅުވާލާއިރު އެތަންތަނަކީ އާއްމުނަށް ރައްކާތެރި ތަންތަނަށް ހެދުމަށް ކަމަށެވެ. ދަތުރުުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަށްވެސް ވިޔަފާރިކުރުމަށް އެއްފަހަރާ ވަދެވޭނީ ކަނޑައަޅާ ވަކި އަދަދެއްގެ މީހުންނަށް ކަމަށް މާލެ ސިޓީކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

މުއަމީހާ

27-Jun-2020

އޮންލައިންކޮށް މީހުން ފެލަމުންދާ މީހުންނަށް ވަރަށް ހިތާމަވެރި ހަބަރެއް މީ



ޓްރެންޑިން