ސަރުކާރު މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ނިމިގެންދާއިރު ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކުގާައި 35 އިންސައްތަ އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން އެލަވަންސް ލިބެންފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް މިއަދު ވަނީ ޝަރުއީ ދާއިރާއާއި އިމާމުންނާއި މުދިމުން ވެސް ހިމެނޭހެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.
"ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާއި އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިއަދު ވިދާޅުވީ އަންނަ މޭ މަހުގެ އެކަކުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.
ހަމައެއާއެކު ސްކޫލްތަކުގެ ޓީޗަރުންގެ މުސާރައަށް ގެނައި ކުރިއެރުމާ އެއްގޮތަށް ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ ލެކްޗަރާއިންގެ މުސާރަތައްވެސް މިއަހަރު ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު