ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ މެންބަރުންނަށް، އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފި އެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީއެވެ. އެ ޕާޓީ އުފެދުނީ 25 ޖޫން 2005 ގަައި ސްރީލަންކާގައެވެ. އެމްޑީޕީއަކީ ޙައްޤުތަކަށް މަސައްކަތް ކުރާ ޕާޓީއެެކެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތޚާބު ކާމިޔާބު ކުރީ އެމްޑީޕީ އިސްވެ އުފެއްދި ކޯލިޝަނުންނެވެ. އަދި އާގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުން ރައްޔިތުން ވޯޓުލައިގެން އިންތިޚާބު ކުރި ފުރަތަމަ ރައީސަކީ އެމްޑީޕީ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓުގައި އެ ޕާޓީގެ 15 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެމްބަރުންނަށް ވަނީ ފޮނުއްވާފައެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ އިސް ބޭފުޅުންނާއި ވަޒީރުން ވެސް ގެންދަވަނީ ފޮނުއްވަމުންނެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ކުރިން ބުނާގޮތުން އެޕާޓީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާނަމަ އޮޓޯއިން އެ ބޭފުޅަކު ޕާޓީގެ ރައީސް ކަމުގެ މަގާމު ލިބިވަޑައިގަންނަވާނެ އެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމުން އެ އުސޫލު ވަނީ ބަދަލު ކޮށްފަ އެވެ. އެމްޑީޕީގެ މިހާރުގެ ރައީސަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު