ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ބަޣާވާތްކުރި ދުވަހުން ފެށިގެން ރާއްޖެވަނީ ސިޔާސީގޮތުން ނަފްސާނީވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
މެމްބަރު އިބްރާހިމް ރަޝީދު މިމޭރުމުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާފައިވަނީ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށައެޅުއްވި ނަަފްސާނީ ސިއްހަތާގުޅޭ ހިދުމަތްތައް ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން ހަމަޖެއްސުމުގެ ޤަރާރަށް ބަހުސް ކުރަށްވަމުންނެވެ.
ރިޔާޒު ހުށައެޅުއްވި މައްސަލައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މެމްބަރު ރަޝީދު މިއަދު ވިދާޅުވީ ނަފްސާނީ ބަލިމަޑުކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައި މިވަނީ ރާއްޖޭގައި އެންމެފަހުން ބަޣާވާތެއްކުރި ދުވަހު ކަމަށާއި، އަދި މައްސަލަ ހުށައެޅުއްވީވެސް އެބަޣާވާތުގައި އިސްކޮށް ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި 7 ފެބްރުވަރީ 2012 ގައި ބަޣާވާތް ކުރި ފަހުން ރާއްޖެވަނީ ސިޔާސީ ގޮތުން ނަފްސާނީ ވެފައި ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށްވަދެ ހިފައިގެން މިތަނަށް ވަޑައިގެން ބޭފުޅާ މިއޮތީ ހުށަހަޅާފަ." މެމްބަރު ރަޝީދު ވިދާޅުވިއެވެ.
މެމްބަރު ރަޝީދު މިއަދު ވިދާޅުވީ، މިހާރު އެމްޑީޕީ ތެރޭގައި އުފެދިފައިވާ ބަލިމަޑުކަމަކީވެސް ބަޣާވާތުގެ ތެރެއިން އައިސްގެން އުޅޭ ބަލިމަޑުކަމެއް ކަމަށާއި، ފުރަތަމަ ފިލުވާލަންޖެހެނީ އެބަލިމަޑުކަން ކަމަށެވެ. އެގޮތުން ގޮތްދޫނުކުރުމާއި ބޮޑާކަމާއިއެކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އޭނައާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
"ތިމާމެން މާ ބާރުގަދަ ބައެއް ކަމަށްވެގެން އަދިވެސް މިއުޅެނީ އޭގެތެރެއިން ނުނެއްޓިގެން. މި ނަފްސާނީ މި މައްސަލައާއި ގުޅިގެން. އަޅުގަނޑު އެދެން ހުރިހާ މެމްބަރުން މިމެންޓަލް ހެލްތާއިބެހޭ ގޮތުން ޓެސްޓުކޮށް ކޮންކަހަލަ މައްސަލައެއްްތޯ މިއުޅެނީ ބަަލަން." މެމްބަރު ރަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އޭނާގެ މައްޗަށް ފިޔަވަޅު އަޅާފައިވާ މައްސަލާގައި ބޮންޑޭ ވިދާޅުވީ، އޭނާއަށް މައާފަށް އެދެން އަންގާފައިވާ ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި އެބުނެވެނީ ރައްޔިތުން ވަކިބައެއްގެ އަރިހުން މަޢާފަށް އެދޭ ވާހަކަ ކަމަށާއި އެއީވެސް ބަޣާވާތާ ގުޅިގެން ދިމާވެގެންއުޅޭ ނަފްސާނީ މައްސަލައެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުން ކަމުގައި ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ވިދާޅުވަމުންދިޔަ ނަމަވެސް އެ ހާދިސާއަށްފަހު އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. ރައީސް ނަޝީދާއި އެމްޑީޕީން އެހާދިސާއަކީ ބަޣާވާތެއް ކަމުގައި ސިފަ ކުރަށްވާއިރު އެހަރަކާތުގެ މުގުލުގައި ތިއްބެވި އިސް ބޭފުޅުންނާއެކު ކޯލިޝަން ހަދައިގެން އެމްޑީޕީން މިއަދު ވެރިކަން ކުރަމުން ގެންދާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު