އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް އެޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އެންމެހައި މެންބަރުންނަށް ތަހުނިޔާ ފޮނުއްވައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި އެމްޑީޕީގެ 15 އަހަރުގެ ދިގު ޙަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި ހުރިހާ ސިޔާސީ ވާދަވެރިން ވެސް ރޫޅިފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

"ﷲ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް." ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ ޕާޓީގެ މެންބަރުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތޚާބު ކާމިޔާބު ކުރީ އެމްޑީޕީ އިސްވެ އޮވެ އުފެއްދި ކޯލިޝަނުންނެވެ. އަދި އާގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުން ރައްޔިތުން ވޯޓުލައިގެން އިންތިޚާބު ކުރި ފުރަތަމަ ރައީސަކީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެ ޕާޓީ އުފައްދައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގަައި ސްރީލަންކާގައެވެ. މިހާރު ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކީ ވެސް އެމްޑީޕީއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ދަވާލި19

28-Jun-2020

ކަލޯ ކޮންކަމެއް ކުރެވުނީ އައްޕަގެ ވަޑާންގެ ހުލިކޮށްލުމާ ވެލާނާގެއިން ވައްކަންކުރުމާ ދޮޅުއަހަރު ވެރިކަން ކުރުމާ ކުދިން ގޮވައިގެން ނިކުމެ ރައްޔިތުންގެ މުދަލުގަ ހުޅުޖެހުން ނޫން ކަމެއްވެފަ އޮތީތަ


-2

އަވަސް ޝިފާއެއް

28-Jun-2020

ނަޝީދު ކާށި ގުނަން ހަވާލު ވާނެ ބާ..؟ އެޔަށްވުރެން އަމިއްލަ ކުރިއެރުމާއި މަންފާ ބޭނުންވެލައްވާ ބޭކަލެއް ނޫންތޯ؟ ސަރުކާރަށް އެއްވެސް ކަމެއް ނުވެގެން މިއުޅެނީވެސް ބާރުގެ ދަހިވެތިކަމުގައި އެމްޑީޕީން ކުރާ ދަތިތަކުގެ ބޮޑުކަމުން ކަމަށް، ޕާރޓީގެ އިސްމީހަކަށްވީނަމަވެސް، އަޅުގަނޑަށްވެސް ޤަބޫލުކުރެވޭ.. ހަގީޤަތުގައި މީއީ ފުރިހަމަ އިއްތިހާދެއް ނަމަވެސް، އަޅުގަނޑުމެން އެކަމެއް ގަބޫލެއް ނުކުރަން. ނުވެސް ކުރެވޭ. ޑިމޮކޮްރަސީ އެއްކޮށް މިދަނީ ފުނޑިގެން ކަންވެސް ނޭގިތިއްބާ، މަޖިލިސްތެރެއަށް އެންމެހައި ބާރުތައް ޖަމާކޮށް މިއޮތް ނިމެނީ.. ހީވާކަހަލަ މަޖިލީހަކީ އަބަދުމެ އަޅުގަނޑުމެން (އެމްޑީޕީ) ގެ ކޮންޓްރޯލް އޮންނާނެ ތަނެކޭ.. އެނޫން ގޮތަކަށް ފޮރޮޅި އަޅުގަނޑުމެން ވެރިކަމުގައި ތިބެއްޖެނަ ހާދަހާވާ ދަތިތަކާއި ކުރިމަތިވާނެ ދޯ މިގެންދާ އުސޫލުން ބަލާއިރު.. އަދިވެސް ނަޝީދު ބޭނުންފުޅެއްނުވޭ ދޫ ދެއްވަން. ހަމަ ވެރިކަން އާރާއިބާރު ޖާހާއިމަންސަބު.. އެކަމަކު ހިލާ ހީނުވޭ ރައްޔަތުން އެބޭފުޅާ އާއި ވެރިކަން ހަވާލުކުރާނެހެން.


-3

.ތަޖޫބެ

28-Jun-2020

.ތިޕާޓީއަށް ތާއިދުކުރިމީހުނތައް މިހާރު ދަނީ މަދުވަމުން ދޯ


11

ޙަލީ

27-Jun-2020

ޚަލޯ ކޮންކަމެއްތޯ ކުރެވިގެން ތިޔައުޅެނީ? ާާާާާާާާާާާާާާާާއާނ ތެދެދެއް މުޅިޤައުމުގަ ހުޅުޖަހާ ލެވިއްޖެ. މުޅި ޤާއުމުގެ އިޖުތިމާޢީ ފޭރާން ވީދާލެވިއްޖެ. ލާދީނީ ރިޕޯޓްތައް ނެރެން ފުރުސަތު ދީފި މިހެގޮސ ކިޔާނެކަމެއް ނެތް މުޅި ދައުލަތުގެ ބަިތުލްމާލް ބަދަލު ދިނުމުގެ ނަމުގަ ހެދި ނުހެދިއެއް ނޭގި ހުސްވެެއްޖހުސްވެެއްޖެ


-2

ބިޖޫ

27-Jun-2020

މީހުނގިނަވާނެ މީހާޔައްވެސް ނޭގިވިއްޔަ ތިޕާޓީއައްތިވައްދަނީ



ޓްރެންޑިން