ފުވައްމުލަކު ސިޓީ ބަނދަރު މަތި؛ މާލެއިން ރަށު ކަރަންޓީނަށް ދާ  މީހުންގެ އަމަލު ކުރާންޖެހޭ އާ އުސޫލުގައި ކައުންސިލް ތަކަށް ވަނީ ބޮޑެތި މަސްއޫލިއްޔަތު ތަކެއް މަތިކޮށްފައި
ފުވައްމުލަކު ސިޓީ ބަނދަރު މަތި؛ މާލެއިން ރަށު ކަރަންޓީނަށް ދާ މީހުންގެ އަމަލު ކުރާންޖެހޭ އާ އުސޫލުގައި ކައުންސިލް ތަކަށް ވަނީ ބޮޑެތި މަސްއޫލިއްޔަތު ތަކެއް މަތިކޮށްފައި
މާލެއިން ރަށްރަށަށް ގޮސް ކަރަންޓީންވާ މީހުން އަމަލު ކުރަންޖެހޭ އުސޫލު އާންމު ކޮށްފި އެވެ

އެޗްޕީއޭއިން މިއަދު އާންމުކުރި މި އުސޫލުގައި ބުނެފައިވަނީ މާލޭގައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުން އެކަން އަންގަން ޖެހޭނީ އެޗްޕީއޭގެ "ހާލު ބެލުން" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެކަން ކުރަން ދަތި ނަމަ އެޗްޕީއޭގެ ނަމްބަރު "1676" އަށް ގުޅައިގެން އެންގުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.

ރަށަށް ދިއުމުގެ ހުއްދަ ދިނުމުން އެސްއެމްއެސްއެއް މެދުވެރިކޮށް އެކަން އަންގާނެ ކަމަށާއި، އަދި ކަރަންޓީނު ވުމަށް ފަހު، "ހާލު ބެލުން" މެދުވެރިކޮށް ސިއްްހީ ހާލަތު އަންގަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ. ރަށަށް ފުރާ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން އަންގަންޖެހޭ އިރު ޓިކެޓް ނަގާއިރު އެއީ ރަށު ކަރަންޓީނަށް ދާ މީހެއްކަން އެ އުޅަނދަކަށް ވެސް އަންގަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ރަށްރަށުގައި ކަރަންޓީނުވާ މީހުން އަމަލު ކުރަންޖެހޭ އުސޫލުގައި ކައުންސިލްތަކަށް ގިނަ ޒިންމާތަކެއް ވެސް ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ކަރަންޓީނު ވާން އެދޭ މީހާ ހުށައަޅާފައިވާ ތަނަކީ އެޗްޕީއޭގެ މިންގަނޑަށް ފެތޭ ތަނެއްތޯ ޔަގީން ކުރުމާއި އެމީހާ ރަށަށް ގޮސް ކަރަންޓީންގައި ހުންނަނީ އެ ތަނުގައިތޯ ބެލުން ހިމެނެ އެވެ.

އަދި ހުންނަ ގެއަކީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ގެއެއްކަން އަންގައިދޭ ލިޔުން ހަވާލުކޮށް އެލިއުން އާންމުންނަށް ފެންނާނެހެން ހަރު ކުރުމާއި ކަރަންޓީންގައި ތިބޭ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމުގައި ކައުންސިލުން އެހީތެރިވާން ވެސް ޖެހޭނެ ކަމަށް އުސޫލުގައި ބުނެއެވެ. މީގެއިތުރުން ކަރަންޓީންގެ މުއްދަތު ހަމަވުމުން ސާމްޕަލް ނެގުމާއި ޓެސްޓް ކުރުމުގެ އިންތިޒާމް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރުމަކީވެސް ކައުންސިލްގެ މަސައްކަތެކެވެ.

ރަށްރަށުގައި ކަރަންޓީން ވުމުގެ ހުއްދަދިން ފަހުން ގއ. މާމެންދޫން ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މި އުސޫލު އެކުލަވާލާފައި ވަނީ އެ ކޭސްތަކާއި ގުޅިގެންނެވެ. ކުރިން އޮތް ގޮތުން ރަށުގައި ކަރަންޓީނު ވެގެން 24 ދުވަހު ތިބެން ޖެހުނު ނަމަވެސް އެ މުއްދަތު ކުރުކޮށް 14 ދުވަސް ފަހުން ޓެސްޓް ކުރަން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ކަރަންޓީންވާތާ 18 ވަނަ ދުވަހުގެ ކުރިން ޓެސްޓްގެ ނަތީޖާ ލިބޭނެ ކަމަށް ވެސް އެންއީއޯސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

އިބްރާހީމް ނިޝާން

30-Jun-2020

ރަށައް ގޮސް ކަރަންޓީނު ވާނެ ތަނެއް ނެއް މީހުނެއް އޮތީ ކޮންގޮތަކަށްތޯ....... ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި



ޓްރެންޑިން