މާލޭސިޓީ އަމީނީމަގު ހެދުމުގެ މަސައްކަތް ނިމޭނީ އަންނަ ސެޕްޓަމްބަރުގައި ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ އަމީނީ މަގު ނިމޭނެ ތާރީޚާ ގުޅޭގޮތުން މިނިސްޓަރ އަސްލަމާއި ސުވާލުކުރަށްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ އަމީނީމަގު ހެދުމުގެ މަސައްކަތް ނިމޭނީ އަންނަ ސެޕްޓެމްބަރ މަހުގެ 27ގައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކުރިން ނިންމާފައި އޮތީ މިހިނގާ ފެބްރުއަރީ މަސް ނިމެންވާއިރަށް އަމީނީމަގުގެ މަސައްކަތް ނިންމުމަށް ކަމަށެވެ. އެހެންނަމަވެސް މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުން އެމަސައްކަތް ނިންމުމަށް އާ ތާރީހެއް ކަނޑައެޅުއްވީ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އޭގެ އިތުރުން އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރާއިރު އެމަގުގައި ހުރި ގަސްތައް ނުކަނޑާ އެކަން ކުރެވޭނެ ގޮތެއް ނެތްތޯވެސް ހަސަން ލަތީފް ވަނީ ސުވާލު ކުރަށްވާފައެވެ. އެސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އެމަގުގައި ހުރި ބައެއް ގަސްތަކަކީ މޫތައް އަޑިއަށް ފެތުރުމުގެ ބަދަލުގައި ތަންކޮޅެއް ތިލަ ފުންމިނެއްގައި ހުރަހަށް ދެމޭ މޫތަކެއް ކަމަށެވެ. އެހެންކަމުން އެގޮތަށް އެކަން ކުރެވެން ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ގަސް ކަނޑަނީ ސިޔާސަތެއްގެ ދަށުން ނޫން ކަމަށާއި މަސައްކަތުގެ ޕްރެކްޓިކަލް ކަމެއްގެ ގޮތުން ކަމަށެވެ. އެގޮތުން މަގު ހަދާއިރު އިތުރު ކޭބަލްތަކާއި ހޮޅިތައް އަޅަންޖެހޭކަމަށް ވެސް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.
އަމީނީމަގުގައި ހުރި ދުވަސްވީ ގަސްތަކުގެ ސަބަބުން ލިބޭ ފައިދާތައް އީއައިއޭ ރިޕޯޓުގައި ހިމަނާފައިނުވާތީ، އެ ގަސްތައް ނެގުމުން ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބޭނެކަމަށްބުނެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލްކޯޓުގައި އެދުނެވެ. ނަމަވެސް ސިވިލްކޯޓުން ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެންޖެހޭނެ ތަނެއް ނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު