މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ވަކިލިސްޓެއް ގެންގުޅޭކަމަށްބުނެ ދައުރުކުރަމުންދަނީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާލޭ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ދޫކުރަނީ މަޖިލީހުގައި ތިއްބެވި ސަރުކާރުގެ ބައެއް މެންބަރުން ގެންގުޅުއްވާ ލިސްޓަކަށް ކަމަށް އެބޭފުޅުން ވިދާޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން ނިންމަވާފައިވަނީ އެގޮތަށްތޯ މެމްބަރު އިމްތިޔާޒް ވަނީ މިނިސްޓަރާއި ސުވާލު ކުރަށްވާފައެވެ.
މެމްބަރު އިމްތިޔާޒްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް ލިބޭ މީހުން ދުރާލައި ކަނޑައަޅައި އެމިނިސްޓްރީން ވަކި ހާއްސަ ލިސްޓެއް މިހާތަނަށް ހަދާފައި ނޯންނާނެ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދައްކާނަމަ އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން ޔަގީންކޮށްދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ވަކި ބޭފުޅުންކޮޅެއް ބޭނުންވާ ލިސްޓެއް ނޯންނާނެ. އަޅުގަނޑަކަށް ނޭނގެ އެ ބޭފުޅުން އެގޮތަށް ވާހަކަ ދައްކަވާ ކަމެއްވެސް." އަސްލަމް ވިދާޅުވި އެވެ.
މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު އެއް ރިޔާސީ ވަޢުދެވެެ. މިއަހަރުގެ ރިޔާސީ ބަޔާން ހުށައަޅުއްވަމުން ރައީސް ވިދާޅުވީ، މާލޭން ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލޭ ރައްޔިތުންނަށް 5000 ގޯތި ދޫކުރުމުގެ މަޝްރޫއެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރަށްވާފައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެޢަދަދު އިތުރުކޮށްދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު