މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ، އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި އަލުން ފަށަން މަޝްވަރާކުރަމުންދާ ކަމަށް ޖެންޑަރ މިނިސްޓަރ އާއިޝަތު މުހަންމަދު ދީދީ ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ޖެންޑަރ މިނިސްޓަރު އާއިޝަތު މުހަންމަދު ދީދީ ދެއްވި މެސެޖުގައި ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި އިންޑިޔާގެ އޯލް އިންޑިޔާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަންނީ އެހީތެރިކަމާއެކު އެ ޕްރޮގްރާމް އަލުން ފެށުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭން ބޭރުން ގެނެސް، ސެޕްޓެމްބަރު މަހު ފަރުވާގެ މަސައްކަތް ފެށުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އެކަމުން ސަލާމަތްވެފައިވާ ބައެއްގެ ގޮތުގައި އެމީހުން އަނބުރާ މުޖްތަމައަށް ނެރުމަކީ ބުރަ އަދި އެހާމެ ގޮންޖެހުން ގިނަ މަސައްކަތެއް ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީއަދި މިކަމުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި، ސިއްހީ ފަރުވާދޭ މަރުކަޒުތަކާއި އަމިއްލަ ޖަމްއިއްޔާތަކާއި ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ އެކަމުން ލިބޭ ނަތީޖާ މިހާރަށްވުރެ އެތައް ގުނައެއް ބޮޑުތަނުން ރަނގަޅުވާނެ ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތް ކުރެވެމުން އަންނައިރު، މި މަސައްކަތަކީ އަބަދު ތަރައްގީވެ، އާ ހޯދުންތަކާއި "އެވިޑެންސް ބޭސްޑް އެޕްރޯޗް" ބޭނުންކުރަމުން ގެންދަން ޖެހޭ މަސައްކަތެއްކަން މިނިސްޓަރ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ސަބަބުން ދިވެހި ޒުވާން ޖީލަށް ނުރައްކާ ވަމުން އަންނައިރު، މިކަމުގައި އެންމެން ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ހަމައެކަނި އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެއީ އާންމު ފަރުދުންނާއި މުޅި މުޖްތަމައު ބައިވެރި ވާން ޖެހޭ ކަމެއްކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ލާޒިމުކުރާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު މިއަހަރު ގާއިމު ކުރެވި، އެ ސެންޓަރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ބަންދުގައި ތިބޭ މީހުނަށް ބޭނުންވާ އަސާސީ ފަރުވާ ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއިލާތަކުން އެކަހެރި ކޮށްނުލާ އެކަމުން ދުރުހެލި ކުރެވޭނީ ފުރިހަމަ މައުލޫމާތު ލިބިގެން ކަމަށާއި އާއިލާގެ ތެރެއިންނާއި، އެކިއެކި ފަންނީ ފަރާތްތަކުންނާ އަދި އިދާރާތަކުންވެސް މައުލޫމާތު ލިބިގެން ކަން މިނިސްޓަރގެ މެސެޖްގައި ވަނީ ފާހަގަކުރައްވާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ރަނގަޅަށް އަޅާލުމަށް – ރަނގަޅު މައުލޫމާތު" ލިބުމުގެ މުހިންމުކަމެވެ.

ކިޔުންތެރިންގެ ހިޔާލު