ކޯވިޑް-19 އަަށް ޓެސްޓް ކުރުމަށް މީހެއްގެ ސާމްޕަލް ނަގަނީ
ކޯވިޑް-19 އަަށް ޓެސްޓް ކުރުމަށް މީހެއްގެ ސާމްޕަލް ނަގަނީ
ރާއްޖެ އިން މިއަދު އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ 15 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ކޯވިޑް-19 އަށް 6 މީހަކު ޕޮޒިޓިވްވެފައިވާއިރު މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 03 ދިވެހިންނާއި ބަންގްލަދޭޝްގެ 03 މީހުން ކަމަށެވެ.

މިއަދު ބަލިޖެހުނު 6 މީހުންނާއެކު މިހާރު ވަނީ ބަލިޖެހުނު މީހުންގެ އަދަދު 2283 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 15 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1863 އަކަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 407 މީހުންނެވެ. އައިސޮލޭޝަންގައި 312 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 219 މީހުންނެވެ. މިހާތަނަށް ރާއްޖެ އިން މިބަލީގައި މަރުވެފައިވަނީ 8 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން