ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށްވެސް އެންމެ ރަނގަޅުވާނީ އެމްޑީޕީގެ ވެރިކަމެއް އޮތުމުން ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިމޭރުމުން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވައި ކުރިމަތިވި ނާކާމިޔާބީއަށްފަހު އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ޙަރަކާތް ހިންގެވުމުގެ މަސައްކަތް ރައީސް މުޙައްމަދު ނަޝީދު ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން ރިޔާސީ އިންތިޚާބުގައި ޢަމަލުކުރާނެގޮތެއް ނިންމަވާނީ ފަހުންކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
އެކަމާގުޅިގެން މެންބަރު ނިހާދު ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އޯގާތެރި ސަރުކާރު ދަމަހައްޓަން ޖެހޭ ކަމަށާއި، އެމްޑީޕީ އަށްވެސް އަދި ރައީސް މުޙައްމަދު ނަޝީދަށްވެސް އެންމެ ރަނގަޅު ވާނީ، އެމްޑީޕީގެ ވެރިކަން ދެމިއޮތުން ކަމަށެވެ. އޭގެއިތުރުން އަނިޔާވެރިކަމަށް އެނބުރި ދިއުމަކީ ޙައްލު ނޫންކަމަށްވެސް މެމްބަރު ނިހާދު ވިދާޅުވިއެވެ.
"އަމިއްލަ އެދުން އެއްކިބާ ކުރުމަށްފަހު، ދީނާއި ޤައުމާއި ރައްޔިތުންގެ ހައްޤުގައި، މި އޯގާތެރި، މަޑުމައިތިރި، ތަރައްޤީގެ ސަރުކާރު ދަމަހައްޓަން ޖެހޭ." ނިހާދު ވިދާޅުވިއެވެ.
ސަރުކާރު ދެމެހެއްޓުމަށް ނިހާދު ގޮވާލަށްވާފައިވާއިރު، "ފިކުރެއްގެ ދިރުން" ކެމްޕެއިނު ޓީމުތަކާ ބައްދަލުކުރަށްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީން އެމަނިކުފާނު ވަކިނުވާނެ ކަމަށާއި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން ކަމަށެވެ.
އެހެން ނަމަވެސް ސިޔާސީ މަސައްކަތަކީ އިންތިޒާމް ވެގެން ހިންގާ ޙަރަކާތެއް ކަމަށާއި، އެހެންކަމުން ކޮންމެ ރަށެއްގައި ވެސް ފިކުރެއްގެ ދިރުމުގެ ގޮފިތައް އުފެއްދެވުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އޭގެ އިތުރުން ގޮފިތަކުގެ މެންބަރުންގެ ޖުމްލަ ޢަދަދު 50،000 އަށް އެރުވުމަކީ މުހިއްމުކަމެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Aniyaaveri kamah emburi dhiyumakee halleh noon! Amilla edhun Ekkibaa kurumah fahu, Dheenaai Gaumaai Rayyithun ge haggugai mi Oagaatheri, Madu maithiri, tharaggee ge Sarukaaru dhamahattan jehey! MDP ah adhi RN ah ves Enme ragalhu vaanee MDP ge verikameh othun! pic.twitter.com/5Azb7P8iyV
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 8, 2023
ސަރުކާރު ދެމެހެއްޓުމަށް ނިހާދު ގޮވާލަށްވާފައިވާއިރު، "ފިކުރެއްގެ ދިރުން" ކެމްޕެއިނު ޓީމުތަކާ ބައްދަލުކުރަށްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީން އެމަނިކުފާނު ވަކިނުވާނެ ކަމަށާއި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން ކަމަށެވެ.
އެހެން ނަމަވެސް ސިޔާސީ މަސައްކަތަކީ އިންތިޒާމް ވެގެން ހިންގާ ޙަރަކާތެއް ކަމަށާއި، އެހެންކަމުން ކޮންމެ ރަށެއްގައި ވެސް ފިކުރެއްގެ ދިރުމުގެ ގޮފިތައް އުފެއްދެވުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އޭގެ އިތުރުން ގޮފިތަކުގެ މެންބަރުންގެ ޖުމްލަ ޢަދަދު 50،000 އަށް އެރުވުމަކީ މުހިއްމުކަމެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު