ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ޙަސަދަ ފިލުވާ ތަނަކަށް މަޖިލީހުގެ ރިޔާސަތުން ހައްދަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު އިއްޔެ ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފާއި، ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރާއި ދެމެދު ބަހުގެ ޙަމަލާތަކެއް ބަދަލުކޮށް މަޖިލީހުގެ ތަޅުން ވަނީ ހޫނުވެފައެވެ. އަދި އެކަމުގެ ތެރޭގައި މަޖިލީހުގެ ރިޔާސަތުންވަނީ ދެ މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.
އެކަމާގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މަޖިލީހަކީ ރައްޔިތުންގެ ގެ ކަމަށާއި، މަޖިލީހުގެ ތަޅުން ބޭނުންކުރެވެން ވާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށެވެ. އަދި ގައުމުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަކީ މަޖިލީހުގެ ހަގީގީ ޒިންމާކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވެފައިވަނީ މުޅި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަކީ މަޖިލީހުގެ ޒިންމާކަމަށެވެ.
"ނަމަވެސް ރިޔާސަތުން މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހައްދަވައިފި." ޝަރީފް ވިދާޅުވެފައިވެއެވެ.
އިއްޔެގެ ޖަލްސާގައި މެންބަރު ޣަފޫރު ވިދާޅުވީ ސިޔާސީ ގޮތުން މަޖިލިސް ތެރޭގައި ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ހުރަސް އަޅައި އަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން އެކަމަށް ހިތްވަރު ދެއްވާކަމަށްވެސް ޣަފޫރު ތުހުމަތުކުރެއްވިއެވެ. މެންބަރު މިހެން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްވަނީ ހުށަހެޅިފައިވާ މަޢުޟޫއަށް ވާހަކަ ދެއްކުވުމަށް އިލްތިމާސްކުރައްވާފައެވެ.
މިއާއިއެކު ނިޒާމީ ނުކުތާއެއް ނަންގަވައި މެންބަރު ފަލާހު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުން ވަކި މެމްބަރުންނާއި މެދު ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމަށެވެ. އަދި ރިޔާސަތުން އަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
އޭގެފަހުން މަޖިލީހުގެ ރިޔާސަތުން ވަނީ ފަލާހުގެ ނަން އިއްވައި ތަޅުމުން ނެރެފައެވެ. އަދި އެވަގުތު މަޖިލީހުގެ ރިޔާސަތުގެ އިސްތިޢުފާއަށް ގޮވާލައި ފާޑުވިދާޅުވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲގެ ނަން އިއްވައި އެމެންބަރުވެސް ވަނީ ތަޅުމުން ބޭރުކޮށްފައެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ހިންގަވަމުން ގެންދަވަނީ ވަރަށް ޚުދުމުހުތާރުކޮށް ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. ރައީސް ނަޝީދު ގެންދަވަނީ ރިޔާސަތުގައި އިންނަވައިގެން ބަހުސްގެ ވަގުތުގެ ތެރޭގައި ރައީސް ސާލިހަށާއި، ސަރުކާރަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުންނެވެ.

Majlisakee rayyithunge ge.E Majlisge thalhun beynun kureven vaanee rayyithun ge laabayaa manfaa ah. Gaumuge salaamaiy therikan dhemehettumah.Mulhi dhaulathuge emme mathee masalahathu himaayai kurumah. Namaves riyasathun Majlis akee siyaasee hasadha filuvaa thanakah hahdhavaifi
— Ibrahim Shareef (@AdduShareef) February 9, 2023
އިއްޔެގެ ޖަލްސާގައި މެންބަރު ޣަފޫރު ވިދާޅުވީ ސިޔާސީ ގޮތުން މަޖިލިސް ތެރޭގައި ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ހުރަސް އަޅައި އަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން އެކަމަށް ހިތްވަރު ދެއްވާކަމަށްވެސް ޣަފޫރު ތުހުމަތުކުރެއްވިއެވެ. މެންބަރު މިހެން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްވަނީ ހުށަހެޅިފައިވާ މަޢުޟޫއަށް ވާހަކަ ދެއްކުވުމަށް އިލްތިމާސްކުރައްވާފައެވެ.
މިއާއިއެކު ނިޒާމީ ނުކުތާއެއް ނަންގަވައި މެންބަރު ފަލާހު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުން ވަކި މެމްބަރުންނާއި މެދު ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމަށެވެ. އަދި ރިޔާސަތުން އަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
އޭގެފަހުން މަޖިލީހުގެ ރިޔާސަތުން ވަނީ ފަލާހުގެ ނަން އިއްވައި ތަޅުމުން ނެރެފައެވެ. އަދި އެވަގުތު މަޖިލީހުގެ ރިޔާސަތުގެ އިސްތިޢުފާއަށް ގޮވާލައި ފާޑުވިދާޅުވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲގެ ނަން އިއްވައި އެމެންބަރުވެސް ވަނީ ތަޅުމުން ބޭރުކޮށްފައެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ހިންގަވަމުން ގެންދަވަނީ ވަރަށް ޚުދުމުހުތާރުކޮށް ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. ރައީސް ނަޝީދު ގެންދަވަނީ ރިޔާސަތުގައި އިންނަވައިގެން ބަހުސްގެ ވަގުތުގެ ތެރޭގައި ރައީސް ސާލިހަށާއި، ސަރުކާރަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު