ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓު ނެރެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ހުރިހާ ސަރަހައްދެއްގެ ރަށްތަކަށްވެސް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމުގައި ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން މިފަަރު ހުދު އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓު ނެރެފައިވާ މުއްދަތު މެޓް އޮފީހުން ދަނީ އިތުރު ކުރަމުންނެވެ.
މެޓް އޮފީހުން ބުނީ މިރޭ މެންދަމު 3:30 ގެ ނިޔަލަށް މި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވައި ގަދަވާނެ ކަމަށެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި އެލާޓު ނެރެފައިވާ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ އެވެ. އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގު އުތުރުން، މެދު ރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. ދެކުނު އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ހުރިހާ ސަރަހައްދެއްގެ ރަށްތަކަށްވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ހުދު އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ. މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު