އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމަށް ކާނަލް އިބްރާހިމް ހިލްމީ ހަމަޖައްސަވައިފިއެވެ.
ބަންޑާރަކޮށީގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކާނަލް އިބްރާހީމް ހިލްމީއާ، މަގާމް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކާނަލް އިބްރާހީމް ހިލްމީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމަށް ހަމަޖައްސަވާފައި ވަނީ މިވަގުތު އެ އޭރިއާގެ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ކާނަލް މުހައްމަދު އިބްރާހީމްގެ ޕޯސްޓިން ޑިއުޓީ ޓާމް ހަމަވުމާ ގުޅިގެންނެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހިމް ހަމަޖައްސާފައި ވަނީ 2018، ފެބުރުއަރީ 1 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު