ތިލަފުށި
ތިލަފުށި
ތިލަފުށީ އުތުރުގައި އަޅާފައި އޮތް "ގޭސް އެޓްލާންޓިކް" ބޯޓުން މޫދަށް ވެއްޓުނު ދެ ބިދޭސީން ގެ ތެރެއިން ނުފެނިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީގެ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު މީހަކު ގެެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަނޑުގެ 51 މީޓަރުގެ އަޑިން ފެނިފައިވާ ކަމަށެވެ. މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީއަކު ކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެ މީހާގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައި ވެއެވެ.

މި ޙާދިސާގެ މަޢުލޫމާތު ކޯސްޓް ގާރޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ އަށް ލިބިފައިވަނީ މިރޭ 22:20 ގައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ކޯސްޓް ގާރޑް މެރިޓައިމް ރަސްކިއު ޓީމުގެ ޑައިވަރުންނާއެކު އެސަރަހައްދަށް ގޮސް އެމީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މޫދަށް ވެއްޓުނު ދެމީހުންގެ ތެރެއިން އެކަކު ފަނިފައިވަނީ އެސަރަހައްދުން ދަތުރު ކުރި ޑިންގީއަކަށެވެ. ޑިންގީގައި ތިބި މީހުން އޭނާ ނަގައިގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން