މާލޭ މަގުމަތީގައި ހާމަކަންބޮޑުކޮށް މަސްތުވާތަކެތި ވިއްކާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި އިށީނދެގެން އިންނަ ޒުވާން ފިރިހެނަކު ފާޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މަންޒަރެވެ. 40 ސިކުންތުގެ ތެރޭގައި އޭނާ 3 މީހަކަށް މަސްތުވާތަކެތި ވިއްކާ މަންޒަރާއި އެމީހުން އޭނާއަށް ރުފިޔާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ދުވާލުގެ ވަގުތުގައި ކޮށްފައިވާ މި ވީޑިއޯ އަކީ ކޮން ދުވަސްވަރެއްގައި ހިނގާފައިވާ ކަމެއްކަން ވީޑިއޯ ޢާއްމުކުރި ފަރާތުން ހާމަކޮށްފައެއް ނުވެއެވެ. ފަހަކަށްއައިސް މާލޭގެ މަގުމަތީގައި މަސްތުވެގެން ބިތްޖެހިފައިތިބޭ މީހުންގެ ނިސްބަތް ބޮޑުތަނުން ވަނީ އިތުރުވެފައެވެ.
މަސްތުވާތަކެތީގެ ވަބާ އަކީ އިޖުތިމާޢީ ބޮޑު ބަލިމަޑުކަމަށް ވެފައިވާއިރު މި މައްސަލަތައް ޙައްލުކުރުމުގައި ފުލުހުންގެ ދައުރާމެދު ޢާއްމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. ހަމައެއާއެކު މަގުމަތީގައި ހިންގާ ޑްރަގް މުޢާމަލާތްތައް ހުއްޓުވުމަށް ފުލުހުން ޙަރަކާތްތެރިވާ މަންޒަރު ނުފެންނާތީ އެކަމުގެ ކަންބޮޑުވުން އާއްމުން ގެންދަނީ ފާޅުކުރަމުންނެވެ.
މި ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ބައެއް ޢާއްމުން ބުނެފައިވަނީ ޒުވާން ޖީލެއް މަސްތުވާތަކެތީގެ އަޅުވެތިކަމުގައި ހަލާކުވުމުގެ ޒިންމާ ރާއްޖޭގައި ވެރިކަން ކޮށްފައިވާ ހުރިހާ ސަރުކާރަކުންވެސް ނަގަން ޖެހޭނެ ކަމަށެވެ. އަދި މިއީ ވަކި ބައެއްގެ ބޮލުގައި އަޅުވައިގެން ނިންމާލެވޭނެ ކަމެއް ނޫން ކަމަށްވެސް އެފަދަ ކޮމެންޓް ތަކުގައި ވެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާގޮތުން ފާއިތުވީ ހަތަރު އަހަރަކީ ފުލުހުންގެ ތާރީޚުގައިވެސް އެންމެ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް 4 އަހަރެވެ. ހަމައެއާއެކު 2022 ވަނަ އަހަރަކީ ކަސްޓަމްސްގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފައިވާ އަހަރުކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
ދައުރުވަމުންދާ ވީޑިއޯއާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ގަސްތުގައި ޖީލެއް ފަނާކޮށްލުމުގެ ޒިންމާ ހާކިމާގެ ހައިސިއްޔަތުން @ibusolih ނަގަންޖެހޭނެ
— ރުކުމާ (@RukumaA) February 10, 2023
pic.twitter.com/VE8A26r57l
މި ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ބައެއް ޢާއްމުން ބުނެފައިވަނީ ޒުވާން ޖީލެއް މަސްތުވާތަކެތީގެ އަޅުވެތިކަމުގައި ހަލާކުވުމުގެ ޒިންމާ ރާއްޖޭގައި ވެރިކަން ކޮށްފައިވާ ހުރިހާ ސަރުކާރަކުންވެސް ނަގަން ޖެހޭނެ ކަމަށެވެ. އަދި މިއީ ވަކި ބައެއްގެ ބޮލުގައި އަޅުވައިގެން ނިންމާލެވޭނެ ކަމެއް ނޫން ކަމަށްވެސް އެފަދަ ކޮމެންޓް ތަކުގައި ވެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާގޮތުން ފާއިތުވީ ހަތަރު އަހަރަކީ ފުލުހުންގެ ތާރީޚުގައިވެސް އެންމެ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް 4 އަހަރެވެ. ހަމައެއާއެކު 2022 ވަނަ އަހަރަކީ ކަސްޓަމްސްގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފައިވާ އަހަރުކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
ދައުރުވަމުންދާ ވީޑިއޯއާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު