ބޭރު ގައުމަކުން ރާއްޖެއަށް ވައިގެމަގުން އަންނަ ބިދޭސީއެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެނަމަ އެ މީހަކު ރާއްޖެއިން ފޮނުވާލުމުގެ އިޚްތިޔާރު ލިބޭ ޤަވާއިދުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
ސަރުކާރުން ގެޒެޓުކޮށްފައިވާ އިމިގްރޭޝަންގެ އެ ގަވާއިދުގައި ބުނެފައިވަނީ ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.
އެމްޑީޕީގެ ސިޔާސަތެއް ކަމަށްވާ، "މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމުގެ" ސިޔާސަތާ އިދިކީލި މިޤަވާއިދުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. ޙަސަން ލަތީފު ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ހިތްވަރު ލިބޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ގެޒެޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ޙަސަން ލަތީފްގެ މައްސަލާގައި ގޮވާލާފައިވަނީ، އިމިގްރޭޝަނުން މިހާރު ގެޒެޓް ކޮށްފައިވާ ޤަވާއިދުގައިވާ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާ ފުށުއަރާ ބައިތައް އުނިކުރުމަށެވެ.
"ޤާނޫނުން ކުށާއި އަދަބު ކަނޑައަޅާފައިވާ ކަމެއް ނަފީވާ ގޮތަށް ޤަވާއިދެއް ހަދައި އެޤަވާއިދު ތަންފީޒު ކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން." ޙަސަން ލަތީފްގެ މައްސަލާގައިވެއެވެ.
އިމިގްރޭޝަނުން ގެޒެޓްކުރި ޤަވާއިދުގައި ބުނެފައިވަނީ، ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ އަނބުރާ ފޮނުވާލުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ. އެ ޤަވާއިދުގެ ދަށުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިމީހަކު މިމަހުގެ 7ވަނަ ދުވަހު ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.
އެގޮތުން ކަސްޓަމްސުން ވަނީ، މިމަހުގެ 7 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ އުމުރުން 23 އަހަރުގެ އަންހެނެއްގެ އަތުން 2.6 ކިލޯގެ ކޮކެއިން އަތުލައިގަތުމަށްފަހު، އެމީހާ ހައްޔަރުނުކޮށް އަނބުރާ ފޮނުވާލާފައެވެ. އެމީހާ އަނބުރާ ފޮނުވާލާފައިވަނީ، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ކަމަށްވެސް ކަސްޓަމްސުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު