ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު
ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ތެރެއިން ވަކި ބޭފުޅަކު ފާޅުކުރާ ޚިޔާލަކުން ބޭރު ގައުމުތަކުން އަޅާ ނުލާނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ، ދިވެހި ދައުލަތުގެ ޚާރިޖީ ސިޔާސަތު ކަނޑައަޅާނީ ދިވެހި ސަރުކާރުން ކަމަށާއި، ޚާރިޖީ ސިޔާސަތު ކަނޑައަޅުއްވާނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވަކި ބޭފުޅަކު ފާޅުކުރާ ޚިޔާލަކީ ސަރުކާރުން ދެކޭގޮތް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެ ޚިޔާލު ތަކަށް ބޭރުގައުމުތަކުން އަަޅައެއް ވެސް ނުލާނެ، ބަލައެއް ވެސް ނުލާނެ، ދިވެހި ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުގެ ނަމުގައި ބަސް ވިދާޅުވާނީ ހަމައެކަނި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެކިއެކި ފަރާތްތަކުން ފާޅުކުރާ ޚިޔާލުތަކަށް މިސަރުކާރުން ހުރަހެއް ނޭޅޭނެ ކަމަށެވެ. އެހެން ނަމަވެސް ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ހުރިހާ ބާރެެއް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޗައިނާ އިން ރާއްޖޭގައި ހިންގާ މަޝްރޫއު ތަކަށް ހުއްޓުމެއް ނާންނަ ކަމަށާއި، އެމަޝްރޫއު ތަށް ދަނީ އިތުރުކުރަމުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން އޯއައިސީގެ ބަައްދަލުވުމުގައި ރާއްޖެއިން އިންޑިޔާ ދިފާއުކޮށް ވާހަކަ ދެއްކުމުން ޕާކިސްތާނު ރާއްޖެ އަށް ފާޑުކިޔައި ދެއްކި ވާހަކަތަކަށް އިޝާރަތް ކުރައްވަމުން ޝާހިދު ވިދާޅުވީ އަވައްޓެރި ޕާކިސްތާނާއި ރާއްޖެ އާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ޕާކިސްތާނަކީ އޯއައިސީގެ ވަރަށް ހަރަކާތްތެރި އިސްލާމީ ގައުމެއް ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އެގައުމުން ރާއްޖެ އަށް ފާޑުކީ ދުވަހު ނޫން އަނެއް ދުވަހު އެގައުމުގެ ޚާރިޖީ ވަޒީރާ އެކު ފޯނުން މަޝްވަރާކުރެއްވި ކަމަށެވެ. މިހާރުވެސް ދެގައުމު މަސައްކަތްކުރަނީ ގުޅިގެން އެކުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންނާއި ޕާކިސްތާނާއި އެއްވެސް ކަހަލަ ދަތިކަމެއް ގުޅުމުގައި ނޯންނާނެ، އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރާ ހަމަޔާ އުސޫލުގެ ތެރޭގައި ބަސްބުނަން އަބަދުވެސް ދިވެހިރާއްޖޭގެ ސަރުކާރަށް ކެރޭނެ. އެއީ އޯއައިސީ ކަމަށްވިޔަސް އެހެން ޖަމިއްޔާގެ ޖަލްސާ އެއް ކަމަށް ވިޔަސް، ވަކި ބަޔަކު ބުނީތީ އަވައްޓެރި ގައުމުތަކަށް އެއްޗެހި ގޮވައެެއް ސަރުކާރުން ނަހާދާނެ. އެކަހަލަ ކަންތައްތަކުގައި ބައިވެރިއެއް ނުވާނެ." ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިސަރުކާރު މަސައްކަތްކުރާނީ ހަގީގީ އިސްލާމްދީނުގެ އުސޫލުގެ މަތިން ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


19

ދަވާލި19

28-Jun-2020

ތިކަމެއް ނޭނގޭ ކަލޭމެން މަގުމަތީއުޅުނުދުއަސްވަރު ބޭރުމީހުންނައް ވަރަށް އާދެސްކުރި ކާމިޔާބޭވެސްބުނޭ ހެހެހެ



ޓްރެންޑިން