އަލީ ރަމީޒު
އަލީ ރަމީޒު
ރައްބަށް އިމާންނުވާ ބަޔަކަށް އެގޭނީ ކޮން އިންސާނީ ހައްގެއްތޯ ވިދާޅުވެ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ "އުތެމަ" އަށް އަލީ ރަމީޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އުތެމަ ޖަމިއްޔާއިން ވަނީ އދ ގެ ސީޑޯ ކޮމިޓީގެ ބައްދަލުވުމަށް ހުށައެޅުމަށް ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އުތެމައިން ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި، ދީނާ ޚިލާފު ކަންކަން ހިމަނައިގެން ނެރެފައިވާ އެމްޑީއެންގެ ރިޕޯޓް ރާއްޖޭގެ ގިނަ ރައްޔިތުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައިވާ ކަމަށާ އެއީ ރާއްޖޭގެ ހާލަތު ގޮސްފައިވާ ސީރިއަސް ހިސާބު އަންގައިދޭ ކަމެއް ކަމަށް ބުނެފައި ވެއެވެ. އަދި އެމްޑީއެންގެ ރިޕޯޓުން ރާއްޖޭގެ ހާލަތު އެނގިގެންދާ ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ.

މީގެ އިތުުރުން އަންހެނުންނާއި އަންހެން ކުދިންނަށް ރާއްޖޭގައި ގިނަ ހުރަސްތަކެއް ހުރި ކަމަށް ބުނެފައިވާއިރު ކުޑަކުދިންނާއި ކައިވެނި ކުރާކަމަށާ އަދި ރަޖަމްގެ ހުކުމް ރާއްޖޭގައި ކުރާކަމަށް ބުނެ އެ ރިޕޯޓުގައި އެ ޖަމިއްޔާގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެކަމާ ގުޅިގެން އުތެމަ ޖަމިއްޔާ އަށް ފިޔަވަޅު އަޅައި އެޖަމިއްޔާ އުވާލުމަށް ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކު ގޮވާލަމުންދާ މިދަނޑިވަޅުގައި އަލީ ރަމީޒު ކުރެއްވި ޓުވީޓެެއްގައި އިންސާނާ އުފެއްދެވި ކާއިނާތުގެ ވެރި ރައްބަށް އީމާންނުވާ ބަޔަކަށް އެގޭނީ ކޮން އިންސާނީ ހައްގެއްތޯ ވިދާޅުވެ ވަނީ ސުވާލުކުރައްވާފައެވެ. އަލީ ރަމީޒުގެ ޓުވީޓްގައި ބޭން އުތެމަ ހޭސްޓެގް ވެސް ބޭނުންކުރައްވާފައިވެއެވެ.

އިސްލާމްދީނާއި ޚިލާފު ކަންތައްތައް ހުއްޓުވުމަށް މުޅި ގައުމު އެކުގައި ތެދުވަންޖެހޭ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިހް އިލްޔާސް ހުސައިން ވެސް ވަނީ މިކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފައެވެ.

ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރިން ބައިވެރިވާ އިލްމުވެރިންގެ ގުޅުމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުތެމަ ޖަމިއްޔާއިން، ލާދީނީ ކަންކަމަށް ހިތްވަރުދީ ދިވެހި ފަސްގަނޑުގައި އެފަދަ ކަންކަން އާލާކުރުމަށް ބާރުއަޅައި ހިންގަމުން ގެންދާ ޢަމަލުތައް ކުށްވެރިކުރާ ކަމަށާ އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސްކުރަން ޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ރީޝާ

28-Jun-2020

ބަރާބަރު ވާހަކައެއް އެއީ


-11

ފާތުން

28-Jun-2020

އަޅުގަނޑު އަލީރަމީޒު ގެ ބަހަށް ތާއީދު. މާތްރަސްކަލާނގެ ހަރާމްކުރައްވާފައިވާ ކަންތައް ޕްރޮމޯޓުކުރަން އުޅޭނީ އެކަލާނގެއަށް އީމާން ނުވެވޭތީ


16

ނަޢީމް

28-Jun-2020

އެއީ ހަމަ ބަރާބަރު ވާހަކައެއް އަލީރަމީޒު ބުންޔަކަސް


2

ސުލްތާނާ

28-Jun-2020

އުތެމަ އުވާލާ! މިއީ ގަސްތުގަ ބޭރު ގައުމުތަކުން އެސައިލަމް ހޯދުމަށް މިމީހުން ކުރާ ކަންކަން. މީގެތެރޭގަ އެބައުޅޭ ޔޫއެންގެ ޖަމާއަތްތަކުގަ މަސްއަކަތް ކުރާ މީހުންވެސް. އެޖަމާއަތްތަކުގެ މަސައްކަތްވެސް ރައްޔިތުން ބަލައެއް ނުގަންނާނެ މިމީހުން މިކުރާ ކަންކަމާއި ހެދި ވެސް. ރިޕޯޓް ކުރަންވީ.


14

ޝުކުރީ

28-Jun-2020

އަންހެނުންގެ ހައްގު ރައްކާތެރި ކުރެވޭނީ މިވަރަކަށް. މީހުންގެ ފިރިންނާ ހިތާވެގެން ކައިރި ގައުމުތަކަށް ހޮލިޑޭ ހަދާލަން ދިއުން މިއީ މިމަންޖެ މެންގެ އާންމު ކަމެއް. ހިތުން ވަރަށް ސިއްރުން ގޮސް ރާބޮއެގެން ޒިނޭ ކުރަނީ. ހުރިހާ ކަމެއް ދެނެވޮޑިގެންވާ ފަރާތެއް ވާކަމަށް ގަބޫލުނުކުރަންޏާ އެއްވެސް ހައްދެއް ނޯއްނާނެ ދެއްތޯ!


6

ތިމަންނަ

28-Jun-2020

" އުތަމަ " މި ބަހުގެ ދިގު ގޮތަކީ އ= އޮރިޔާމުން ތ= ތިބޭ މ= މީހުން



ޓްރެންޑިން