ކޯވިޑް19 ފެސިލިޓީއެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެސް، އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލް އާއްމު ޚިދުމަތްތަކަށް ހުޅުވާލުމަށް ނިންމައިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން އަލުން ޚިދުމަތްދޭން ފެށުމަށް ނިންމާފައިވާއިރު، މިދިޔަ މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރަމުންދަނީ ކޯވިޑް-19 އަށް ފަރުވާދިނުމަށް ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައެވެ. ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބުނެފައިވަނީ ބުދަދުވަހުން ފެށިގެން ކުރިންވެސް އާއްމުންނަށް ދެމުންދިޔަ ހުރިހާ ޚިދުމަތެއް އެހޮސްޕިޓަލުން ލިބޭނެކަމަށެވެ. އަދި ހޮސްޕިޓަލުން އަލުން ޚިދުމަތްދޭން ފެށުމުގެ ކުރިން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާ ހޮސްޕިޓަލް އެއްކޮށް ޑިސްއިންފެކްޓްކޮށްފައިވާކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ. މީގެއިތުރުން ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ރައްކާތެރިކަމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތަކެއްވެސް ހުންނާނެކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލެއްގެ ޓްރީ ޓޮޕް ހޮސްޕިޓަލް ހަމަޖެއްސީ މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން އެ ހޮސްޕިޓަލުން އިތުރު ޚިދުމަތް ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ޓްރީޓޮޕް ހޮސްޕިޓަލްގެ އިމަންޖެންސީ ކްލިނިކެއް ވަނީ ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކޮށްފައެވެ.
ސަރުކާރާއި ޓްރީޓޮޕް ހޮސްޕިޓަލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޯވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ދީފައިވަނީ ސަރުކާރުން އެއްވެސް އަގެއް ނުނަގާ ގޮތަށް ހުރިހާ ޚަރަދެއްގެ ޒިންމާވެސް ޓްރީޓޮޕްގެ މެނޭޖްމަންޓުން ނަގާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު