އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދޭން ނިންމައިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އޭޑީބީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ދޭން ނިންމީ 25 މިލިއަން ޑޮލަރުގެ ލޯނަކާއި 25 މިލިއަން ޑޮލަރުގެ ހިލޭ އެހީ ކަމަށެވެ. އެއީ ކޯވިޑް-19 އާ ގުޅިގެން އޭޑީބީގެ މެމްބަރު ގައުމުތަކަށް އެހީތެރިވާން ކަނޑައެޅި 20 ބިލިއަން ޑޮލަރުގެ ޕްރޮގްރާމްގެ ތެރެއިން ދޭ އެހީއެއް ކަމަށް ވެސް އޭޑީބީން ބުނެއެވެ.  

ބަޔާނުގައި ބުނެފައިވަނީ އެ އެހީގެ ސަބަބުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ ނިޒާމް ގާއިމްކޮށް، ޓެސްޓް ކުރެވޭ މިންވަރު ދުވާލަކު 800 އަށް އިތުރު ކުރުމާ އެކު ފަރުވާ ދެވޭނެ އިތުރު ވަސީލަތްތައް ގާއިމްކުރެވޭނެ ކަމަށެވެ. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީވާން ސަރުކާރުން ހިންގާ ޕްރޮގްރާމަށް ވެސް އޭގެ ސަބަބުން އިތުރު އެހީތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން އޭޑީބީން ވަނީ ކޯވިޑް-19 އާ ގުޅިގެން 500،000 ޑޮލަރުގެ ހިިލޭ އެހީއެއް ރާއްޖެއަށް ދީފަ އެވެ. ކޯވިޑާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވި އިގްތިސާދީ ހީނަރު ކަމާ ގުޅިގެން ބޭރުގެ މާލީ އިދާރާތަކުގެ ހިލޭ އެހީ އާއި ލޯނު ހޯދަން ދިވެހި ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން