ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ 26 ޖޫން ދުވަހުގެ ފަތިހު 5:00 ހާއިރު ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިއްމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ބަންދުގައި ބަހައްޓާނެ ހެކި ނެތް ކަމަށް ބުނެ އެމީހުން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓް އަމުރާ ގުޅިގެން އެ ދެ މީހުން ބަންދުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މިހާރަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު


9

ތިމަންނަ

28-Jun-2020

ދިވެހިންގެ ތެރޭގައި ވެރިކަން ކުރެވެން އޮތް ގޮތަށް ވެރިކަން ކުރީ ރައީސް އިބްރާހިމް ނާސިރު....



ޓްރެންޑިން