ޚިޔާލީ ޢަދަދުތައް ބުނަންވާނީ ބޮޑުކޮށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރިއަށް ގެންދަވާ "ފިކުރެއްގެ ދިރުން" ޙަރަކާތަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑު ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިމޭރުމުން ވިދާޅުވީ، "ފިކުރެއްގެ ދިރުން" ޙަރަކާތަށް މިހާތަނަށް ބައިލައްކަ މީހުން ސޮއިކޮށްފައިވާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ބޮންޑޭ ވިދާޅުވީ "ފިކުރެއްގެ ދިރުމަށް" ސޮއިކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންނާއި، ކުރިން އެ ޕާޓީގައި ތިއްބާ ވަކިކުރި 39،000 މެމްބަރުންގެ ތެރެއިން ބައެއް މީހުންނާއި، އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީވެފައި ނުވާ ވަރަށް ގިނަ ބަޔަކުވެސް ހިމެނޭ ކަމަށެވެ.
ބޮންޑެ އަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ފިކުރެއްގެ ދިރުން ޙަރަކާތަށް ބައިލައްކަ މީހުން ސޮއި ކުރި ކަމަށް ބުނާތީ ހިނި އަންނަ ކަމަށެވެ. އޭގެ އިތުރުން ބޮންޑެގެ އަމިއްލަ ހިޔާލަށް، އަދަދެއް ބުނާއިރު، ބޮޑު އަދަދެއް ނުބުނަންވީ ސަބަބެއް ނެތް ކަމަށާއި އެހެންކަމުން އެޙަރަކާތަށް ފަސްލައްކަ މީހުން ގުޅިއްޖެ ކަމަށް ބުނުން މާރަނގަޅުވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވި ނާކާމިޔާބަށްފަހު ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތަކީ އިންތިޒާމް ވެގެން ހިންގާ ޙަރަކާތެއް ކަމަށެވެ. އެހެންކަމުން ކޮންމެ ރަށެއްގައި ވެސް ފިކުރެއްގެ ދިރުމުގެ ގޮފިތައް އުފައްދައި މެންބަރުންގެ ޖުމްލަ ޢަދަދު ބައިލައްކައަށް އެރުވުމަކީ މުހިއްމު ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުވަނީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ފަހަތްޕުޅުގައި ނުހުންނަވާނެކަމުގެ އިޝާރާތެއްވެސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު