ރާއްޖޭގައި ހިންގާ ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރި ގިނަ ބައެއްގެ ވަޒީފަ ވަނީ ގެއްލުފައި
ރާއްޖޭގައި ހިންގާ ރިސޯޓެއް؛ ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރި ގިނަ ބައެއްގެ ވަޒީފަ ވަނީ ގެއްލުފައި
ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދޭ "އިންކަމް ސަޕޯޓް އެލަވަންސް" 1450 މީހަކަށް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ޖުމްލަ 1450 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދީފައިވާއިރު އެ ފަރާތްތަކަށް ޖުމްލަ 5.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މި އެލަވަންސް ދެނީ ފިނޭންސް މިނިސްޓްރީއާ އެންސްޕާއާ ގުޅިގެންނެވެ.

ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައި ވަނީ 5000 ރުފިޔާ އެވެ. މި އެލަވަންސް ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ދޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް މިއުސޫލުގެ ދަށުން އެލަވަންސް ލިބޭނީ މާޗް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ވަޒީފާގައި ތިބި ފަރާތްތަކަށެވެ. އޭގެ އިތުރުން އެލަވަންސް ލިބޭނީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވުމުން ކަމަށް އެލަވަންސް ދޭ އުސޫލުގައި ބުނެފައިވެއެވެ.

މީގެއިތުރުން ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާން ޖެހޭނެ ކަމަށް ވެސް އިންކަމް ސަޕޯޓް އެލަވަންސް"ގެ އުސޫލުގައި ބުނެފައި ވެއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް މިއުސޫލުގެ ދަށުން ވަނީ ހަމަޖެހިފައެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ކަމަށް އުސޫލުގައި ބުނަނީ މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތައް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން